- Advertisement -ad image

މިނިސްޓަރާ ބައްދަލު ކުރަން އަރަބިއްޔާ ސްކޫލް ބެލެނިވެރިން ވެލާނާގެއަށް!

ad image

ގުޅުންހުރި ލިޔުންތައް


އަރަބިއްޔާ ސުކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބުދުއްރަހީމް އެ މަގާމުން ވަކިކޮށް އިސްކަންދަރު ސުކޫލުގެ ޕްރިންސިޕަލް ހުސެއިން ސައީދާއި އަރަބިއްޔާ ހިންގުން ވަގުތީ ގޮތުން ހަވާލުކުރުމުން އެކަމާ ކަންބޮޑުވުން ފާޅުކުރަމުން މިހާރު ބެލެނިވެރިން ވެލާނާގެ ހުންނަ ސަރަހައްދަށް ގޮސްފައެވެ.
އަރަބިއްޔާ ސުކޫލްގެ ބެލެނިވެރިން ދަރިންގެ ހައްގުގައި ކުރަމުންދާ އިހުތިޖާޖުގައި ރައީސް އޮފީހަށް ލާފައިވާ ސިޓީގެ ޖަވާބު ހޯދުމަށް ވަނީ ރައީސުލްޖުމުހޫރިއްޔާގެ އޮފީހަށްވެސް ވަދެފައެވެ. ނަމަވެސް އިހުތިޖާޖުގެ ބައިވެރިން ގްރީން ޒޯނަށް ވަނުމުގެ ފުރުސަތު ފުލުހުން ދީފައެއް ނުވެއެވެ.


“ އަހަރުމެންގެ ޅަދަރިންގެ މުސްތަގުބަލަކީ އަރަބިއްޔާ ސްކޫލް. އަރަބި އިސްލާމީ ތައުލީމް “ އަރަބިއްޔާ ބެލެނިވެރިއެއް ބުންޏެވެ.
އިހުތިޖާޖުގެ ބައިވެރިން ބުނީ އެޑިއުކޭޝަން މިނިސްޓަރާ ބައްދަލު ކުރުމަށް އެދިފައިވާތާ ތިން ހަފުތާވެއްޖެ ކަމަށާއި އަދިވެސް ވިދާޅުވަނީ ވަގުތު ނެތް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ