- Advertisement -ad image

މިއަހަރު ހައްޖު ކޯޕަރޭޝަނުން ހައްޖުގެ އަޅުކަމަށް ހަރަދުކުރީ 52.1 މިލިއަން ރުފިޔާ

ad image

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވި ހައްޖާޖީން ތިބި ހޮޓާތަކަށާއި ކެއުމާއި ދަތުރުތަކަށް ހައްޖު ކޯޕަރޭޝަނުން 52.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މި ތަފާސް ހިސާބު ހާމަކޮށްފައިވަނީ ލިޔުމުން ޖަވާބު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވައި މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު މަޖިލީހަށް ފޮނުއްވި ސިޓީއެއްގައެވެ.
އެގޮތުން މެންބަރު ރަޝީދު ކުރެއްވި ސުވާލުގައި ސާފުކުރައްވަން އެދިވަޑައިގެންފައިވަނީ މި އަހަރުގެ ޙައްޖުގައި މައްކާއާއި މަދީނާގައި ހައްޖާޖީން ތިބި ހޮޓާތަކަށް ކުރި ޚަރަދާއި، އަދި ޙައްޖުވެރިން ދެއްކި ފައިސާގެ އިތުރަށް ދައުލަތުގެ ބަޖެޓުން ފައިސާއެއް ޚަރަދުކޮށްފައިވާނަމަ އެ ފައިސާގެ ތަފުސީލެވެ.

މިނިސްޓަރު ޑރ.ޒާހިރު ލިޔުމުން ފޮނުއްވި ޖަވާބުގައި ވިދާޅުވެފައިވަނީ ޙައްޖުވެރިން މައްކާގައި ތިބި ހޮޓަލަށް ޙައްޖު ކޯޕަރޭޝަނުން ޚަރަދުކޮށްފައިވަނީ ޖުމްލަ ތިރީސް ނުވަ މިލިއަން ހަލައްކަ ނުވަދިހަ ދެހާސް ހަސަތޭކަ އަށްޑިހަދެހާސްރުފިޔާ ކަމަށެވެ.
އަދި މަދީނާގައި ޙައްޖާޖީން ތިބި ހޮޓަލަށް އެއް މިލިއަން އަށްލައްކަ ހަތްހާސް ރުފިޔާ ޚަރަދުވިކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މުތައްވިފަށް ދިހަ މިލިއަން ހަލައްކަ ސާޅީސްހާސްރުފިޔާ ހޭދަވިކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރުގެ ސިޓީގައި ވިދާޅުވީ 1443 ވަނަ އަހަރު މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ކުރި ހައްޖު ދަތުރަށް ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެެއް ކޮށްފައި ނުވާނޭކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ