- Advertisement -ad image

“ ކަނޑު އަޑިއަށް ރާއްޖެ ދިއުމުގެ ކުރިން، ދެބައިކުޅަ އެއްބައި ދިވެހިން މަރު ނުވަތަ ނުކުޅެދުންތެރިވާނެ “

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖެ ކަނޑު އަޑިއަށް ދިއުމުގެ ދިވެހިންގެ ދެބައިކުޅަ އެއްބައި މަރުވެ ނޫނީ ނުކުޅެދުންތެރި ބަޔަކަށް ވުން އެކަށީގެންވާ ކަމަށް އެތެރެހަށީގެ ހާއްސަ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.
ޑރ މުހައްމަދު އަލީ މިގޮތަށް ވިދާޅުވެފައި މިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އެހީގައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ހެދި “ސްޓެޕް ސާވޭ 2020-2021” ގެ ނަތީޖާއާ ގުޅިގެންނެވެ.
އެގޮތުން ކުރެއްވި ޓުވީޓެއްގައި ޑރ ވިދާޅުވީ ރާއްޖޭގައި ކޮންމެ ހަތަރު މީހަކުން އެކަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހެއް ކަމަށާއި އުމުރުން އެންމެ 8 އަހަރުގައި ދުންފަތުގެ އިސްތިއުމާލު ކުރަން ފަށާއި ކުދިން އެބަތިބި ކަމަށެވެ.
އަދި ކޮންމެ 20 ދިވެހިންގެ ތެރެއިން އެކަކީ އުމުރުން އެއްފަހަރު ނަމަވެސް ރާ ބޮއިފާވާ މީހެއް ކަމަށެވެ.


ގައިންގަޔަށް ނާރާ ބަލިތަކާ ގުޅޭގޮތުން ހެދި އެ ދިރާސާއިން ދައްކާގޮތުގައި ދިވެހީންގެ އާބާދީގެ ބޮޑު ބައެއްގެ ކޮލެސްޓްރޯލާއި ހަކުރު އަދި ލޭ މައްޗެވެ.
ދިރާސާގައި ބުނި ގޮތުގައި ދިވެހިންގެ ތެރެއިން ކޮންމެ ދެމީހަކުން އެކަކު ދުވާލަކު މޭވާ ނުވަތަ ތަރުކާރީގެ ބާވަތްތައް ބޭނުންކުރަނީ މާ މަދުންނެވެ. އަދި ދިވެހިންގެ ތެރެއިން ކޮންމެ ތިން މީހަކުން އެކަކު ކެއުމަށް އިތުރު ލޮނު އަޅަ އެވެ.
“ 50 އިންސައްތަ ދިވެހިންނަކީ މާ ބޮޑަށްވެސް ބަރުދަން އިތުރު މީހުންނެވެ. އަދި 50 އިންސައްތަ މީހުން ޑަބްލިއުއެޗްއޯގެ މިންގަނޑާ އެއްގޮތަށް ކަސްރަތު ނުކުރޭ “ ދިރާސާ އާ ހަވާލާދީ ޑރ މުހައްމަދު އަލީ ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ