- Advertisement -ad image

މަހަށް ގޮސް އުޅުނު ޒުވާނަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


މަސްވެރިކަން ކުރަން ނިކުމެ އުޅުނު ދޯންޏެއްގައި ހުރި ޒުވާނަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގައި އޮތް ހާލު ބޮޑު ބަލި މީހަކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ އެހީތެރިކަމާއެކު ބ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށެވެ.

އެގޮތުން މިއަދު 10:39 ހާއިރު ބ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސްދީފައި ވަނީ ބ.ތުޅާދޫގެ ހުޅަނގުން 14 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަމުންދިޔަ “ސަވޭރާ” ނަމަކަށް ކިޔާ މަސް ދޯންޏެއްގައި ހުރި އުމުރުން 33 އަހަރުގެ ފިރިހެނެއް ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ކ ގުޅީ މީހެކެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރ ކުރާފްޓްގައި މި މީހާ ބ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސްދީފައި ވަނީ މެޔަށް ތަދެއް އެރުމާ ގުޅިގެން “ސަވޭރާ” ދޯނިން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އެހީތެރިކަމަށް އެދުމާ ގުޅިގެންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޒުވާނާ ނިޔާވެފައިވަނީ ބ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ