- Advertisement -ad image

މާލެއިން ފުރައިގެން ގއ.ވިލިނގިއްޔަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ބިންދައިގެން ގޮސްފި

ad image

ގުޅުންހުރި ލިޔުންތައް


ދ. ހުޅުދެލީ ބޭރުން ދެ ނޯޓިކަލް މޭލު ބޭރުގައި ވަނިކޮށް، “އުންބުޝޭމު” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ބިންދައިގެން ގޮސް ހާލުގައި ޖެހުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަށް ލިބުނީ މިއަދު ހެނދުނު 06:33 ހާއިރު ކަމަށެވެ. އަދި އެ ދޯންޏަކީ، މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ކަމަށާއި ހާދިސާގެ ރިޕޯޓް ލިބުމާއެކު އެ ދޯންޏަށް އެހީތެރިވުމުގެ ގޮތުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ސެއިލަރުން ވަނީ ސީ އެމްބިއުލާންސްގައި އެ ދޯނި އޮތް ސަރަހަށްދަށް ގޮސްފައި ކަމަށެވެ.
އެމްއެންޑީއެފް ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސެއިލަރުންގެ އެހީތެރިކަމާއެކު ދޯނީގެ ހުންގާނު މެނުއަލްކޮށް ބޭނުންކޮށްގެން އެ ދޯނި މިހާރު ވަނީ ދ.ހުޅުދެއްޔަށް މިއަދު 09:30 ހާއިރު ގެންގޮސްދީފައެވެ. މިހާދިސާ ހިނގިއިރު އެ ދޯނިން ދަތުރުކުރީ ހަތަރު މީހުންނެވެ. އަދި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެ އިދާރާއިން ހަަމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ