- Advertisement -ad image

ހޮހަޅައިގަ އޮންނަވައި ފޯޅަވަހި މައްސަލައިގައި ޝާހިދު ހައްދަވަނީ ބުހުތާނު ދޮގު: ޖަމީލް

ad image

ގުޅުންހުރި ލިޔުންތައް


ޝާހިދު ހޮހަޅައިގައި އޮންނަވައި ފޯޅަވަހި މައްސަލައިގައި ހަދަނީ ބުހުތާނު ދޮގު ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ތަނަކަށް ޗާގޮސް ހެދެން އޮއްވާ އެ ފުރުސަތު ދޫކޮށްލެއްވީ ކުރީގެ ރައީސް ޔާމީނު ކަމަށް ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވުމުން އެކަމަށް ރައްދު ދެއްވާ ޑރ ޖަމީލް ވިދާަޅުވީ،
ސިޓީ ފޮނުވީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު‬⁩ ނޫން ކަމަށް ނުބުނެވުނު ކަމަށެވެ.
އަދި ޝާހިދަކީ ޗާގޮސް މައްސަލާގެ ޑީލް ފައިނަލްކުރި ޖަރީމާގެ މޭސްތިރިޔާ ކަމަށް ޑރ ޖަމީލް ތުހުމަތު ކުރެއްވިއެވެ.
ޑރ ޖަމީލް އިތުރަށް ވިދާޅުވީ ރައީސް ސާލިހުގެ މިވެރިކަން ނިމި، ދިވެހިންގެ ވެރިކަމުގައި ފޯޅަވަހި ދޫކުރިކުރުން ބާތިލްކުރާނެ ކަމަށެވެ.

ޗާގޯސްގެ މައްސަލައާ ގުޅިގެން ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝާހިދު ވިދާޅުވީ 2017 ވަނަ އަހަރާ ހަމައަށް އައިއިރު މޮރިޝަސް ސަރުކާރުން ކުރަމުން އައި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ޗާގޮސް މައްސަލާގައި އ.ދ އަށް ގަރާރެއް ހުށަހެޅި ކަމަށެވެ.
އެ ގަރާރުގައި ޗާގޮސް އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއްގެ ގޮތުގަައި ކަނޑައެޅުމަށާއި އަދި އެތަނުގައި ވަޒަންވެރިވެގެން ތިބި މީހުން ގަދަ ބާރުން ބާލައިގެން ގެންގޮސްފައިވާކަން ފާހަގަކޮށްފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ