- Advertisement -ad image

ޗޯގޮސް މައްސަލައިގައި އެޓަރނީ ޖެނެރަލް ރިފްއަތު ހެއްދެވީ އިތުރުފުޅެއް ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި

ad image

ގުޅުންހުރި ލިޔުންތައް

ޗާގޮސް މައްސަލައިގައި މައުލޫމާތު ރައްޔިތުންގެޱމަޖިލީހާއި ހިއްސާކުރެއްވި ކަމަށް އެޓަރނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވި ނަމަވެސް މިހާތަނަށް އެފަދަ އެއްވެސް މައުލޫމާތެއްދީފައިނުވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޗާގޮސް މައްސަލާގައި މޮރީޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމުހޫރިއްޔާ ފޮނުއްވި ކަމަށް ހަބަރު ލިބޭ ސިޓީއާއި، ޗޯގޮސް މޮރީޝަސްއާއި ހަވާލު ކުރުމަށް ގޮވާލާ ގަރާރަށް އދ ގެ ޖެނެރަލް އެސެމްބްލީގައި ދިވެހިރާއްޖެއިން މިހާތަނަށް ނަގަމުން އައި ސްޓޭންޑް ބަދަލުކޮށްފައިވާކަން ރައްޔިތުންގެ މަޖިލީހާއި ހިއްސާކޮށްފައި ނުވާ ކަމަށެވެ.

މަޖިލީހުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ޗާގޮސްގެ މައްޗަށް އޮތް މޮރީޝަސްގެ ސިޔާދަތީ ބާރާ ބެހޭގޮތުން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އިން 2019ގައި ނިންމި ނިންމުމުގައި، އިނގިރޭސިވިލާތުން އެތަން މޮރީޝަސްއާއި ހަވާލުކުރަންޖެހޭ ކަމަށް ނިންމި ނިންމުމާއި ގުޅުވައިގެން އދ ގެ ޖެނެރަލް އެސެމްބްލީގައި ދޭ ވޯޓުގައި ކުރީ ފަހަރުތަކުގައި ދިވެހިރާއްޖެއިން އަމަލުކޮށްފައިވާ ގޮތާއި ހިލާފަށް، ދިވެހިރާއްޖެއިންވެސް މޮރީޝަސްއާއި އެއްކޮޅަށް ވޯޓުލާން ނިންމައި އެކަން ރައީސްގެ ސިޓީފުޅަކުން މޮރީޝަސްގެ ބޮޑުވަޒީރަށް އަންގާފައިވާކަން، ޓުރައިބިއުނަލްގައި ހިންގަމުންދާ މައްސަލައިގައި އެޓާރނީ ޖެނެރަލް ފާހަގަކުރައްވާފައިވާއިރު ޗާގޮސްގެ މައްޗަށް އޮތް މޮރީޝަސްގެ ސިޔާދަތީ ބާރާއި، ބެހޭގޮތުން އައިސީޖޭއިން ނިންމި ނިންމުން ތަންފީޒުކޮށް ޗާގޮސް މޮރީޝަސްއާއި ހަވާލުކުރުމަށް ގޮވާލާ ގަރާރަށް އދގެ ޖެނެރަލް އެސެމްބްލީގައި ދިވެހިރާއްޖެއިން ތާއީދުކޮށް ވޯޓުލާން ނިންމާފައިވާ ކަމެއްވެސް އަދި އެގޮތަށް ވޯޓުލާން ނިންމި ސަބަބެއްވެސް މަޖިލީހާ ހިއްސާކޮށްފައިނުވާ ކަމަށެވެ.

އަދި ދިވެހިޖުމުހޫރިއްޔާގެ ގާނޫނު އަސާސީ އާއި ކަމާގުޅޭ ގާނޫނުތަކާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަންޖެހޭ ކަންކަން ހުށަހެޅުމަށްޓަކައި އޮންނަ އިޖުރާއަތުތަކާއި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ނުވަތަ ރައްޔިތުންގެ މަޖިލީހުން ކަމެއް ފާސްކުރެއްވުމަށް އޮންނަ އިޖުރާއަތުތައް އޮޅޭގޮތަށް މަސްއޫލު ފަރާތްތަކުން މައުލޫމާތު ނުފެތުރުމަށް މަޖިލީހުގެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ