- Advertisement -ad image

އެއްފަޔާ އެކު ޝަވަން ދެއްކި ހިތްވަރުން، ފައެއް ޖަހައިދޭން އެންސްޕާއިން ނިންމައިފި

ad image

ގުޅުންހުރި ލިޔުންތައް

އެއްފަޔާއެކު ޝަވަން ފުޓުބޯޅަ ކުޅެމުންދިޔަ ވީޑިއޯއެއް އިއްޔެ ސޯޝަލްމީޑިއާގައި އާއްމުވެ އެންމެފަހުން ފައެއް ޖަހައިދިނުމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އެންސްޕާއިން ނިންމައިފިއެވެ.
ހދ މަކުނުދޫ އަހުމަދު ޝަވަން އެއްފަޔާއެކު ފުޓުބޯޅަ ކުޅެމުންދިޔައީ އެ ސްކޫލުން ބޭއްވި ފުޓްބޯޅަ މުބާރާތެއްގައެވެ.
ޝަވަންގެ މި ވީޑިއޯ އާއި ގުޅިގެން ނޫސްތަކުން މި ހަބަރު ކަވަރުކޮށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މި ވީޑިއޯ ފެނި ގިނަ ބަޔަކު ޝަވަންގެ ހިތްވަރަށް ތައުރީފުކުރިއެވެ.

މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އުއްމީދަކީ ޝާވަން އަށް އާޓިފިޝިއަލް ފައެއްޖެހޭނެ ގޮތް ވީހާވެސް އަވަހަކަށް ވެގެންދިއުން ކަމަށެވެ.

އޮންލައިން ނޫހަކަށް ޝަވަންގެ މަންމަ ބުނެފައިވަނީ އެންސްޕާއިން މިއަދު ގުޅާފައި ހުރިހާ ޑޮކިއުމެންޓެއް ފޮނުވައިދޭން ބުނުމުން އެކަންކޮށްފައިވާނެ ކަމަށެވެ.

އަދި މިކަން ކުރެވުމަށް މަގުފަހިވީ މަކުނުދޫ ދާއިރާގެ މެންބަރު ރާއީ އަދި އެޑިއުކޭޝަން މިނިސްޓަރުގެ އެހީތެރިކަމާއެކު ކަމަށް ބުނެފައިވެއެވެ.
ފައި ޖަހައިގެން ކުޅިވަރުތަކުގައި އެތްލީޓުން ދުނިޔޭގެ އެކި ގައުމުތަކުގައި ކުޅިވަރުތަކުގައި ބައިވެރިވެއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ