- Advertisement -ad image

ހޮނުއެޅުމުގެ ސަބަބުން ހިޔާ ފްލެޓްގެ ބައެއް ޓަވަރުތަކުން ފެނާއި ކަރަންޓު ކެނޑިއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ބާރަށް ގުގުރާ ހޮނުއެޅުމުގެ ސަބަބުން ހުޅުމާލެ ފޭސް ދެއެއްގައި ހުރި ހިޔާ ފްލެޓްގެ ބައެއް އެޕާރޓްމަންޓްތަކުން ކަރަންޓް ކެނޑިއްޖެއެވެ.

ހިޔާ ފްލެޓްގައި ދިރިއުޅޭ މީހަކު ބުނީ ބާރަށް ޖެހި ގުގުރިއާއެކު ކުއްލިއަކަށް ކަރަންޓް ކެނޑި ވޯޓަރބޫސްޓުން ކަރަންޓް ކެނޑި ފެންވެސް ކެނޑުނީ ކަމަށެވެ. ނަމަވެސް މިހާރު ކަރަންޓް ލިބިފައިވާ ކަމަށާއި ފެން ލިބޭނެ އިރެއް އަދި ނޭންގޭ ކަމަށް އެމީހާ ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗް-2 އާއި އެޗް-08 އަދި އެޗް-12 އިން ކަރަންޓް ކެނޑުނެވެ.

ހޮނުއެޅުމުގެ ސަބަބުން އެއްވެސް ތަނަކަށް ގެއްލުންލިބިފައިވާ ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ. ބޯކޮށްވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ރީނދޫ ސަމާލުވެސް ނެރެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ