- Advertisement -ad image

ނަސްރުގެ ދުވަހާއި ގުޅުވައިގެން ފަންނީ މުބާރާތެއް އައިޔޫއެމް އިން އިއުލާންކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ނަޞްރުގެ ދުވަހުގެ ޒިކުރާއާކުރުމުގެ ގޮތުން، ރާއްޖޭގެ ކޮލެޖު / ޔުނިވަރސިޓީތަކާއި މަތީ ޘާނަވީއަށް ކިޔަވައިދޭ ސްކޫލުތަކުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ހުޅުވާލައިގެން، ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ފަންނީ މުބާރާތެއް އިޢުލާނުކޮށްފިއެވެ.
މި މުބާރާތުގައި ޖުމުލަ ހަތަރު ގިންތިއަކުން ބައިވެރިވުމުގެ ފުރުސަތު ހުޅޫވާލާފައިވާއިރު، ޅެން ހެދުމާއި މަޒުމޫނު ލިޔުން އަދި ކުރެހުމުގެ ބައިން ހުށަހެޅުންތައް ހިމެނިދާނެއެވެ.
މި މުބާރާތުގެ މަޤްޞަދަކީ 1988 ވަނަ އަހަރުގެ 03 ނޮވެމްބަރުގައި ނުވަތަ އެ ދުވަހާއި ގުޅިގެން ހިނގާފައިވާ މުހިއްމު ހާދިސާތަކުގެ މަޢުލޫމާތު ޅެންބަހުނާއި ލިޔުމުން އަދި ކުރެހުމުގެ ޒަރިއްޔާއިން ހުށަހަޅައިދިނުމާއި ދަރިވަރުންނާއި މުވައްޒަފުންގެ ފަންނީ ހުނަރުތައް ތަރައްޤީކޮށް، ތަމްސީލުކުރުމަށް ހިތްވަރުދިނުމެވެ.
މި މުބާރާތުގައި ބައިވެރިވެވޭ ގިންތިތަކަކީ
މަތީ ތަޢުލީމުދޭ ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގެ ދަރިވަރުންގެ ގިންތި
މަތީ ޘާނަވީ ސްކޫލުތަކުގެ ދަރިވަރުންގެ ގިންތި
މަތީ ޘާނަވީ ސްކޫލުތަކާއި ކޮލެޖު / ޔުނިވަރސިޓީތަކުގެ މުވައްޒަފުންގެ ގިންތި
ކޮންމެ ގިންތިއަކުން ވެސް ޅެންހެދުން، މަޒުމޫނު ލިޔުން އަދި ކުރެހުމުގެ ބައިން ވަކިވަކި ބައިވެރިން، 5 ބައިވެރިންނަށްވުރެ އިތުރުނުވާ ގޮތަށް ހިމެނިދާނެއެވެ.
މި މުބާރާތުގެ ހުށަހެޅުންތައް 27 ނޮވެމްބަރ ގެ ކުރިން ހުށަހަޅަންޖެހޭއިރު، މުބާރާތުގައި ބައިވެރިވުމަށް އެދޭ ކޮލެޖު / ޔުނިވަރސީޓީތަކުން އަދި މަތީ ޘާނަވީއަށް ކިޔަވައިދޭ ސްކޫލުތަކުން 13 ނޮވެމްބަރ ގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމު ހުށަހަޅަންޖެހެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ