- Advertisement -ad image

އަލިފާނުގެ ހާދިސާ: 15 ދިވެހިންނާއި 14 ބިދޭސީން ތިބީ ވަގުތީ ބޯހިޔާވަހިކަމުގައި

ad image

ގުޅުންހުރި ލިޔުންތައް


ބުދަ ދުވަހުގެ ރޭ މ ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން 5 ފިރިހެނުންނާއި 10 އަންހެނުން ހިމެނޭގޮތުން 15 ދިވެއްސަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންދާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.
އެ އޮތޯރިޓީން ބުނެފައިވަނީ 8 ފިރިހެނުންނާ 6 އަންހެނުން ހިމެނޭގޮތުން 14 ބިދޭސީއަކުވެސް ވަގުތީ ހިޔާގައި މިވަގުތު އެބަތިބި ކަމަށެވެ.
އެންޑީއެމްއޭއިން ބުނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެވުނު ދިވެހިންގެ ތެރޭގައި ހަ ކުޑަކުދިންވެސް ހިމެނޭ ކަމަށެވެ.
އަދި މިހާދިސާ އާއި ގުޅިގެން ބޯހިޔާވަހިކަން ގެއްލިފައިވާ 19 ބިދޭސީންނަށް އެފަރާތްތަކުގެ ބަލަދުވެރިން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.
ހާދިސާ އާއި ގުޅިގެން ލިބުނު ގެއްލުންތަކުގެ ސަބަބުން ދިރިއުޅުން ރައްކާތެރިނޫން ކަމަށް ފުރަތަމަ އިޖާބަދޭ ފަރާތްތަކުން ފާހަގަކުރެއްވި 6 ގޭބިސީއެއްގެ 29 މީހަކަށް، 5 ގެސްޓް ހައުސްއެއްގައި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުން ދާކަމަށްވެސް އެންޑީއެމްއޭއިން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ