- Advertisement -ad image

އާއިލާއިން ބޭނުންވާނަމަ މަރުވި މީހުންގެ ހަށިތައް ގައުމަށް ގެންދަނީ

ad image

ގުޅުންހުރި ލިޔުންތައް


މިމަހުގެ 10 ވަނަ ދުވަހުގެ ރޭ މާފަންނު ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ހަށިތައް ގައުމަށް ގެންދަން ބޭނުންވާ އާއިލާތަކަށް އެ ކަން ހަމަޖައްސައިދޭން ފަށައިފިއެވެ.
ފުލުހުން ބުނީ އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން އެމީހުންގެ އާއިލާއިން ހަށިގަނޑު ގައުމަށް ގެންދަން ބޭނުންވާ މީހުންގެ ހަށިގަނޑު އެމީހުންގެ ގައުމަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ފޮރިން މިނިސްޓްރީ އާއި އެގައުމެއްގެ އެމްބަސީ އާއި ގުޅިގެން ފުލުހުން ދަނީ ކުރަމުން ކަމަށެވެ.

މިހާދިސާގައި މަރުވެފައިވަނީ އިންޑިއާ އަދި ބަންގްލަދޭޝްގެ މީހުންނެވެ.
އެގޮތުން ޖުމުލަ ދިހަ މީހުން މަރުވިއިރު މީގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 7 މީހުންނާއި ބަންގްލަދޭޝްގެ 2 މީހުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ