- Advertisement -ad image

ވެރިކަން ނިމެން އަހަރެއް! ހުޅުމާލޭގައި އިތުރު 5 ސްކޫލް އަޅަން ހަވާލުކޮށްފި!

ad image

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަން ނިމެން އަހަރަކަަށް ވެފައިވަނިކޮށް ހުޅުމާލޭގައި އިތުރު ފަސް ސްކޫލް އަޅަން ބިން ހަވާލުކޮށްފިއެވެ.
ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން މިއަދި ބިން ހަވާލުކޮށްފައިވަނީ ހުޅުމާލޭގައި 4 ޕަބްލިކް ސްކޫލް އެޅުމުގެ އިތުރުން 1 އިންޓަރނޭޝަނަލް ސްކޫލް އެޅުމަށެވެ.
އެގޮތުން އައިލެންޑަރސް އެޑިއުކޭޝަންގެ ފަރާތުން ހުޅުމާލެގައި ސުކޫލެއް އެޅުމުގެ މަސައްކަތް ކުރުމަށް މިއަދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފް އަދި އައިލެންޑަރސް އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޗެއަރމަން އަބްދުލް ރަޝީދެވެ.
މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބްރިޓިޝް އިންޓަރނޭޝަނަލް ސްކޫލެއް ހުޅުމާލެ ފޭސް 2ގައި ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ސްކޫލް ވެގެންދާނީ ކައުންސިލް އޮފް ބްރިޓިޝް އިންޓަރނޭޝަނަލް ސްކޫލްސް ގެ ފަރާތުން އެކްރެޑިޓްކޮށްގެން ބައިނަލް އަގްވާމީ ފެންވަރުގައި ހިންގޭނެ ސްކޫލަކަށެވެ. މިއީ، ޕްލޮޓް LZ-7 ގެ 48،556.81 އަކަފޫޓުގެ ސުކޫލެކެވެ.

މީގެ އިތުރުން ދެވަނަ ފިޔަވަހީގައި 4 ޕަބްލިކް ސުކޫލު އެޅުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި އެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޓީމާއިއެކު ކުރެވުނު މަޝްވަރާތަކާއިއެކު މި ހަތަރު ސްކޫލް ބިނާ ކުރުމަށް ސަރަހައްދުތައް ކަނޑައެޅިފައިވަނީ ރައްޔިތުން އާބާދުވެ ދިރިއުޅެން ބިނާ ކުރެވޭ އިމާރާތްތަކާއި ގާތުގައެވެ. ދެވަނަ ފިޔަވަހީގެ މެދުތެރެއަށް ވާނެހެން ސްކޫލްތައް ބިނާކުރެވިގެން ދިޔުމުން މުޅި ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ދަރިވަރުންނަށް ފަސޭހަ ކަމާއިއެކު ސްކޫލަށް ދިޔުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ސުކޫލުތަކުގެ ތެރެއިން ޕްލޮޓް N5-21 ގައި ގާއިމްކުރެވޭ ސުކޫލަކީ 50،098.85 އަކަފޫޓުގެ ޖާގައިގައި ގާއިމްކުރެވޭ ސުކޫލެކެވެ. އަދި ޕްލޮޓް LZ-9 ގައި 50،098.85 އަކަފޫޓުގެ ސުކޫލު، ޕްލޮޓް N4-20 ގައި 66،777.84 އަކަފޫޓު އަދި ޕްލޮޓް N5-33 ގައި 70،710.53 އަކަފޫޓުގެ ސުކޫލު ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ