- Advertisement -ad image

އީސީ ޝަރީފް އަދި އަކްރަމް ވެރިކަންކުރާ އެމްޑީޕީއަށް ސޮއިކުރައްވައިފި

ad image

ގުޅުންހުރި ލިޔުންތައް

އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަދި ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފް ވެރިކަން ކުރާ އެމްޑީޕީއަށް ސޮއިކޮށްފިއެވެ.
ޝަރީފް ވަނީ 2018 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބު އޮޅުވާލިކަމުގެ ތުހުމަތު އިދިކޮޅުން ކޮށްފައި ވަނިކޮށް އިލެކްޝަންސް ކޮމިޝަނުން ވަކިވެވަޑައިގެން ސްޓެލްކޯ އާއި ހަވާލުވެވަޑައިގެންފައެވެ.
ޝަރީފަކީ ރައީސް ޢަބްދުﷲ ޔާމީނުގެ ޕީއޭގެ ތެރެއިން ސިޔާސީ މަސައްކަތްޕުޅަށް ނިކުމެވަޑައިގެންނެވި ބޭފުޅަކަށްވާތީ އޭނާ އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް އައްޔަންކުރުމުން އެއިރު އެމްޑީޕީން ވަރަށް ބޮޑަށް ފާޑުކިޔެވެ. ނަމަވެސް ފަހުން އެމްޑީޕީންވަނީ އޭނާގެ ދިފާއުގައި މަސައްކަތްކޮށްފައެވެ.
މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އަކުރަމް ވެސް ވަނީ އެމްޑީޕީ އާއި ގުޅިފައެވެ. އަކުރަމުވެސް މިހާރު ހުންނެވީ ސްޓެލްކޯގެ އިސް މަގާމެއްގައެވެ.

ޝަރީފު ވަނީ ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސާލިހު އަށް ތާއީދު ކުރައްވާނެކަން ހާމަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ