- Advertisement -ad image

ހުޅުމާލޭ ރެހެންދި ސްކޫލްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ad image

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ ރެހެންދި ސްކޫލްގެ ގްރައުންޑް ފްލޯ އަދި އެންމެ މަތީ ފްލޯގައި ހުރި ކަރަންޓް ބޯރޑްގައި އަލިފާން ރޯވެގެން ހުޅުމާލޭ ފަޔަރސްޓޭޝަންގެ ފަޔަރމަނުން ހަރަކާތްތެރިވެ އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

އެ ސްކޫލްގެ ކަރަންޓް ބޯޑުތަކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި، އެމްއެންޑީއެފް ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ހަރަކާތްތެރިވެ، އަލިފާން ނިއްވާލީ މި އަދު 07:19 ހާއިރުއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު 07:05 ހާއިރުއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަދި ކުއްޖަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ. މިހާދިސާ އާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަލިފާނުގެ ހާދިސާ ހިނގި ވަގުތަކީ ދަރިވަރުން ސްކޫލަށް އަންނަމުން ދިޔަ ވަގުތު ކަމަށާއި ރައްކާތެރިކަމުގެ ގޮތުން މިހާރު ހުރިހާ ދަރިވަރުން ގެއަށް ފޮނުވާލާ ސްކޫލަށް ދިމާވި މައްސަލަ ހައްލު ކުރަން ސްޓެލްކޯގައި އެދިފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ