- Advertisement -ad image

މިއަދުން ފެށިގެން ރެހެންދި ސްކޫލްގައި ކިޔަވައިދޭނީ އޮންލައިންކޮށް

ad image

ގުޅުންހުރި ލިޔުންތައް

އަލިފާނުގެ ހާދިސާއާ ގުޅިގެން ކަރަންޓްގެ މައްސަލަ ހައްލު ވަންދެން ރެހެންދި ސްކޫލްގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމައިފިއެވެ.
ރެހެންދި ސްކޫލްއިން ބުނީ ސްކޫލްގެ ކަރަންޓް ވިއުގާއަށް ލިބުނު ގެއްލުންތައް މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ލަފައާއެކު ސްޓެލްކޯގެ ބެލުމުގެ ދަށުން މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
އަދި ލިބުނު ގެއްލުންތައް މުޅިން ހައްލުކޮށް ކުރިއެކޭ އެއްގޮތަށް ދަންފަޅިތަކުގެ ކިޔެވުން ފެށޭނެކަމަށް ލަފާކުރަނީ އަންނަ އާދިއްތަ ދުވަހުކަމަށް އެ ސްކޫލުން ބުނެއެވެ.
އެހެންކަމުން ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށްގެންދިޔުމަށްޓަކައި އަންގާރަ ދުވަހުން ފެށިގެން އޮންލައިންކޮށް ކްލާސްތައް ކުރިއަށްގެންދިޔުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް އެ ސްކޫލްއިން ބުނެއެވެ. އަދި އޮންލައިންކޮށް ކިޔަވައިދިނުމަށްޓަކައި ގޫގުލްމީޓް މެދުވެރިކޮށް ކްލާސްތައް ނެގުމާއި ވައިބަރ މެދުވެރިކޮށް ދަރިވަރުންނަށް މަސައްކަތްތައް ހަވާލުކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ސްކޫލްއިން ބުނެއެވެ.

އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ގްރޭޑް 1 ދަރިވަރުންނަށް ހެނދުނު 9:00 އިން 11:00 ހަމައަށެވެ. ގްރޭޑް 2 އިން 6 ދަރިވަރުންނަށް ކްލާސްތައް ކުރިއަށްގެންދާނީ މެންދުރު 1:00 އިން 5:00 އަށެވެ. އަދި ގްރޭޑް 7އިން 10 ގެ ދަރިވަރުންނަށް ކްލާސްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 އިން ރޭގަނޑު 9:00 ދެމެދުގައެވެ. އެލްކޭޖީ ދަރިވަރުންނަށް ކްލާސްތައް ނަގައިދިނުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 އިން 6:00 އަށެވެ.
ހުޅުމާލެ ރެހެންދި ސްކޫލްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ އެ ސްކޫލްގެ 4އަދި 5ވަނަ ފަންގިފިލާގައި ހުރި ކަރަންޓު ޕެނަލް ބޯޑެއްގައި ރޯވެގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ