ހުޅުމާލެ ފޭސް ދެއެއްގައި ހުންނަ ހިޔާގެ ޓަވަރުތަކުން ފެނާއި ކަރަންޓް ކެނޑިއްޖެއެވެ.
ހިޔާ ޓަވަރުގައި ދިރިއުޅޭ ފަރާތްތަކުން ބުނީ ކަރަންޓާއި ފެން ކެނޑުނީ ކުއްލިއަކަށް ކަމަށާއި ކުރިން އެ ހިދުމަތްތައް ކެނޑިދާނެ ކަމުގެ އެއްވެސް ނޯޓިސްއެއްވެސް ލިބިފައިނުވާ ކަމަށެވެ.
ނަމަވެސް މިހާރު ސްޓެލްކޯއިންމެސެޖްކޮށްފައިވާ ކަމަށާއި ކަރަންޓް ލިބޭނެއިރެއް ބުނަން ނޭންގޭ ކަމަށް ބުނެފައިވާކަމަށެވެ.
ކަރަންޓް ކެނޑެން ދިމާވި ސަބަބު ދެނެގަތުމުގެ
މަސައްކަތް ކުރަމުން އަންނަކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
ސްޓެލްކޯއިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުން ވަނީ ކަރަންޓު ކެނޑިފައި ކަމަށާއި ކަރަންޓު ކެނޑެން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން ކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ.