- Advertisement -ad image

ކަރަންޓް ކެނޑުނު ވަގުތު ހިޔާ ޓަވަރުގެ ލިފްޓްތަކުގައި ބައެއް މީހުން ތާށިވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ ފޭސް ދެއެއްގައި ހުންނަ ހިޔާ ޓަވަރުތަކުން ކަރަންޓް ކެނޑުނު ވަގުތު ގިނަ ބަޔަކު ލިފްޓްތަކުގައި ތާށިވެއްޖެއެވެ.

ހިޔާ ޓަވަރުގައި ދިރިއުޅޭ ފަރާތަކުން ބުނީ ކަރަންޓާއި ފެން ކެނޑިފައިވަނީ ސްކޫލްތަކަށް ކުދިން ބަލާ ދިއުމާ ސްކޫލްތަކަށް ކުދިން ގޮވައިގެންދާން ގިނަ ބަޔަކު ލިފްޓްކައިރީގައި ތިއްބާ ކަމުން ކަރަންޓް ކެނޑުނު ވަގުތު ލިފްޓްގައިވެސް ބައެއް މީހުން ތާށިވެފައި ތިބި ކަމަށެވެ.

ނަމަވެސް މިހާރު ލިފްޓް ހުޅުވާ ތާށިވި މީހުން ބޭރަށް ނެރެފައިވާ ކަމަށް އެމީހާ ބުންޏެވެ.

ސްޓެލްކޯއިން ބުނީ ހިޔާޓަވަރުތަކުން ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލް މަރާމާތު ކުރުމަށް ގިނަ ވަގުތުތަކެއް ނަގާނެ ކަމަށް ބެލެވޭތީ، އެ ކޭބަލް އައިސޮލޭޓްކޮށް، އެހެން ކޭބަލެއް މެދުވެރިކޮށް ކަރަންޓު ދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށެވެ.
މި މަސައްކަތަށް އެންމެ ގިނަވެގެންވެސް ހޭދަވާނީ 2 ގަޑިއިރު ކަމަށް ބެލެވޭ ކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ