- Advertisement -ad image

ބޮޑު ޓެކްސް ނަގައިގެން ބޮޑު ކަމަކަށް މިކުރަނީ ސިޔާސީ ހަރަދު: ޖަމީލް

ad image

ގުޅުންހުރި ލިޔުންތައް


ބޮޑު ޓެކްސް ނަގައިގެން ބޮޑު ކަމަކަށް މިކުރަނީ ސިޔާސީ ހަރަދު ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ޓެކްސް ބޮޑުކުރާ ބިލު ފާސްކުރުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޑރ ޖަމީލް ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަކީ އެންމެ ގިނަ ސިޔާސީ މަޤާމް އުފެއްދުމުގެ، އެންމެ ގިނަ ދަތުރުގެ ރެކޯޑް އޮތް ވެރިޔާ ކަމަށެވެ.
އަދި އާޓެކްސް އާއިއެކު ސިޔާސީ މަގާމުތަކުގެ އީދެއް އަތުވެއްޖެ ކަމަށާއި ވެރިކަން ނިމޭއިރު ރައްޔިތުންނަށް ކަށަވަރުކޮށްދޭނީ ފަގީރުކަން ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކުރުމަށް ފަހު ނިންމީ އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރުމަށެވެ.
މި ބިލް ފާސްކުރީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
ޓެކްސް ގާނޫނަށް އަންނަ ބަދަލާއެކު ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުވާނެއެވެ.
އިސްލާހުގައި ވަނީ ޖެނުއަރީ 1 2023 އިން ފެށިގެން ޓެކްސްގެ ރޭޓު ބޮޑު ވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ