- Advertisement -ad image

ރިޔާސީ އިންތިހާބު 2023: ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެއްޓުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ރިޔާސީ އިންތިޚާބު 2023 ގައި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެެއްޓުމަށް ހަމަޖައްސަން ޖެހޭ އިންތިޒާމްތަކާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި އެކު މަޝްވަރާ ބައްދަލުވުން ބާއްވާފައިވާ ކަމަށެވެ.
ކޮންމެ ފަސް އަހަރަކުން އެއްފަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި ދިވެހިން ގިނައިން ދިރިއުޅޭ ގައުމުތަކުގައި ވޯޓުފޮށި ބަހައްޓައެވެ.
އެގޮތުން ސްރީލަންކާ، އިންޑިއާ، މެލޭޝިޔާ ފަދަ ގައުމުތަކުގައި ކޮންމެ ރިޔާސީ އިންތިހާބެއްގައިވެސް ވޯޓު ފޮށި އަންނަނީ ބަހައްޓަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ