- Advertisement -ad image

ވިނަރެސް ފްލެޓް ގަންނަން ފޯމްލީ މީހުންގެ ވަގުތީ ލިސްޓް އާއްމުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ‘ވިނަރެސް’ ފްލެޓްތަކަށް އެދުނު ފަރާތްތަކުގެ ވަގުތީ ލިސްޓް އެޗްޑީސީން އާއްމުކޮށްފިއެވެ.
އެގޮތުން ހައުސިންޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން މިއަދު އާއްމު ކުރި ލިސްޓަކީ ހައުސިން މިނިސްޓްރީގެ މިންގަނޑުތަކަށް ބެލުމަށް ފަހު ޝަރުތު ހަމަވާ މީހުންނާއި އަދި ޝަރުތު ހަމަ ނުވާ މީހުން އެނގޭ ގޮތަށް އާއްމު ކުރި ލިސްޓެކެވެ.

މިއަދު ވަގުތީ ލިސްޓު އިއުލާނު ކުރިއިރު ވިނަރެސް އަށް އެދި ފޯމް ލީ 1413 މީހުންގެ ތެރެއިން ލިސްޓުގައި ހިމެނެނީ 723 މީހުންގެ ނަމެވެ.
އެޗްޑީސީން މިއަދު އިއުލާނުކުރީ މާލޭގެ ރަށްވެއްސަކަށްވެފައިވާތާ 15 އަހަރުވެފައިވާ މީހުންގެ ލިސްޓާއި މާލޭގައި ދިރިއުޅެމުންދާތާ 15 އަހަރު ވެފައިވާ މީހުންގެ ވަގުތީ ލިސްޓެވެ.

މިއީ މުޅިންވެސް 3 ކޮޓަރީއާއި 3 ފާޚާނާ ހިމެނޭ ފްލެޓްތަކެކެވެ. މި ފެލްޓްތައް ތަރައްޤީކޮށްފައިވަނީ ހުޅުމާލޭ ފޭސް ދޭއްގެ ހިތިގަސްމަގުގައެވެ.

މި ފްލެޓްތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެޗް.ޑީ.ސީން އެ ފުރުޞަތު ހުޅުވާލީ މިދިޔަ ޖުލައިމަހުގެ 17 ވަނަ ދުވަހުއެވެ. އަދި ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހަށް މުއްދަތު ހަމަވިއިރު، ޖުމްލަ 1413 ފަރާތަކުން ފްލެޓްތައް ގަތުމަށް ކުރިމަތިލާފައިވެއެވެ.

މީގެ ތެރެއިން މާލޭގައި ދިރިއުޅެމުންގެންދާތާ 15 އަހަރު ވެފައިވާ ފަރާތްތަކުގެ ކެޓެގަރީއަށް ޖުމްލަ 1118 އެޕްލިކޭޝަނެއް ހުށަހަޅާފައިވާއިރު، އެޗް.ޑީ.ސީގެ ވަގުތީ ލިސްޓު ދައްކާގޮތުން މީގެ ތެރެއިން ޝަރުތު ހަމަވަނީ 475 ފަރާތެއްގެއެވެ. އަދި މާލޭގެ ރަށްވެއްސަކަށްވެފައިވާތާ 15 އަހަރު ވެފައިވާ ފަރާތްތަކުގެ ކެޓެގަރީއަށް ޖުމްލަ 295 އެޕްލިކޭޝަނެއް ހުށަހަޅާފައިވާއިރު، ޝަރުތު ހަމަވަނީ 248 ފަރާތެއްގެއެވެ. 

ވިނަރެސް ފްލެޓްތަކަކީ ކުރީގެ ރައީސް އަބްދު الله ޔާމީން ވެރިކަމުގައި އަޅަން ފެށި ފްލެޓްތަކެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ