- Advertisement -ad image

ނިރޮޅުމަގުގައި ވެހިކަލް ޕާރކް ނުކުރެވޭ ގޮތް ހަދައި، ހުޅުމާލޭ މަގުތައް ހަތަރު ލޭނަކަށް ބަދަލުކުރަނީ

ad image

ގުޅުންހުރި ލިޔުންތައް

4 ލޭނަކަށް ބަހާލައިގެން އެއްފަހަރާ 4 ވެހިކަލް އެއް މަގުން ދުއްވޭނެގޮތަށް ހުޅުމާލޭގެ މަގުތަކުގެ ޕްލޭން އެކުލަވާލާފައި ކަމަށް އެޗްޑީސީން ހާމަކޮށްފިއެވެ.
ހައުސިން ޑިވޮލޮޕްމަންޓް ކޯޮަރޭޝަނުން ބުނީ، މި ބަދަލު ގެނެވުމަށް މިހާތަނަށް އެ ކޯޕަރޭޝަނުން މަސައްކަތް ފަށާފައިވަނީ ހުޅުމާލެގެ ނިރޮޅުމަގުގެ އިތުރުން ސެންޓްރަލް ޕާކް ވަށައިގެން އޮންނަ މަގުގައި ކަމަށެވެ.
އަދި ބަދަލާއި އެކު ހުޅުމާލެގެ ނިރޮޅުމަގުގައި އެއްވެސް ގޮތަކަށް ވެހިކަލް ޕާކުކުރެވިފައި ނުބެހެއްޓޭނެ ކަމަށާއި އެހެން ނަމަވެސް ނިރޮޅުމަގުގައި ހުންނަ ފްލެޓުތަކާއި ގެތަކުގެ ކައިރީގައި ޕާކްކުރުމުގެ އިންތިޒާމް އެޗްޑީސީގެ ފަރާތުން ހަމަޖައްސައިދޭނެ ކަމަށެވެ.
އަދި މިހާރުވެސް ގިނަ ޕާކިންގ ލޮޓްތަކެއް ހުޅުމާލެގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރެވި، ޕާކު ކުރެވޭނެ އިތުރު ތަންތަން ގާއިމުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުންދަނީ ކުރަމުން ކަމަށާއި
ހުޅުމާލެގެ ޕަބްލިކް ޓްރާންސްޕޯޓްގެ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލެގައި ބައިސިކަލް ލޭނެއް ގާއިމްކުރުމުގެ ގޮތުން ބައިސިކަލް ލޭން ކުރެހުމުގެ މަސައްކަތް އެޗްޑީސީން ވަނީ މިހާރު ފަށާފައި ކަމަށްވެސް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.
އެގޮތުން މަގު 4 ލޭން އަކަށް ބަހާލެވިފައިވާއިރު، ބަސް ލޭންއަކާއި ސައިކަލު ދުއްވާ ލޭންގެ އިތުރުން އެއް ލޭން ކަނޑައަޅާފައިވަނީ ބައިސިކަލް ދުއްވާ ފަރާތްތަކަށް ބޭނުންކުރުމުގެ ގޮތުންނެވެ. ހުޅުމާލެގައި ބައިސިކަލް ލޭންއެއް ކަނޑައެޅުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ، ބައިސްކަލަކީ ވަރަށް ސްޕީޑް ދަށްކޮށް ދުއްވާ އުޅަދެއް ކަމަށް ވުމާއިއެކު، ބާރު ސްޕީޑްގައި ދުއްވާ އެހެނިހެން އުޅަދުތަކަށް ދަތިނުވާގޮތަށް މަގުގެ އެއްފަޅިން ބައިސިކަލް ދުއްވުމަށް ހާއްސަ ސަރަހައްދެއް
ކަނޑައެޅިފައިވުމުން ދުއްވާ ފަރާތްތަކަށް ދަތިތަކާއި ކުރިމަތިލާންނުޖެހި މަގު ބޭނުންކުރުމުގެ ފުރުސަތު ދިނުމެވެ. މީގެއިތުރުން، ބައިސިކަލް ދުއްވާ ރޫޓު ފާހަގަކުރުމުގެ ގޮތުން ނޫކުލަ، ބައިސްކަލްލޭނަށް ހާއްސަ ކުރުމަށް އެ ކޯޕަރޭޝަނުންވަނީ ނިންމާފައެވެ.
އަދި މިބަދަލާއިއެކު، މަގުގެ ހިނގާ ފަރާތްތަކަށް ފަސޭހަވާނެގޮތަށް ޑިރެކްޝަނަލް ތީރުތަކެއް މަގުގެ ތާރުމަތީގައި ކުރަހާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ