- Advertisement -ad image

ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯނުގައި 8 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހަދައިފި

ad image

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގައި ދިރިއުޅޭ އާބާދީ އިތުރުވެ ވިޔަފާރިތައް ގިނަވަމުން ދާއިރު މިކަމަށް ބޭނުންވާނެ އިތުރު ވަސީލަތްތައް ޤާއިމު ކުރުމަށް ކަނޑައެޅިފައިވާ އިންޑަސްޓްރިއަލް ޒޯންގެ މިހާރު ކަނޑައެޅިފައިވާ އިމާރާތް ކުރުމުގެ އުސްމިނަށް ބަދަލު ގެނައުމަށް ވަނީ ނިންމާފައިވާ ކަމަަށް އެޗްޑީސީން ހާމަކޮށްފިއެވެ.
މިގޮތުން ކުރިން 6 ފްލޯއަށް އިމާރާތް ކުރެވޭ ގޮތަށް ހުއްދަ ދެވިފައިވާއިރު އިތުރު 2 ފްލޯއަށް އިތުރުކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.
މި ބަދަލު ގެނައުމެގެ އެއްމެ ބޮޑު އެއް ބޭނުމަކީ އިންޑަސްޓްރިއަލް ސަރަހައްދައް ބޮޑުވެފައިވާ ޑިމާންޑްއަށް ހައްލެއް ހޯދައިދިނުމާއި ހުޅުމާލޭގައި ހިންގޭ ވިޔަފާރިތަކަށް ގިނަ ފަހި ފުރުޞަތުތަކެއް ފަހިކޮށްދިނުން ކަމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން ހާމަކޮށްފައިވެއެވެ.
އަދި އިންޑަސްޓްރިއަލް ބޭނުންތަކަށް ހުޅުމާލޭގައި ކަނޑައެޅިފައިވާ ފްލޯ ސްޕޭސް އިތުރުކުރުމާއި މި ބަދަލާއި އެކު މިހާރު އިންޑަސްޓްރިއަލް ސަރަހައްދުގައި ހުރި އިމާރާތްތަކުގައި ޙިދުމަތް ހޯދާއި ޙިދުމަތް ދެމުން ގެންދާ ފަރާތްތަކަށް ވިޔަފާރި ފުޅާކުރަން ގިނަ ފުރުޞަތުތަކެއް ލިބިގެންދާނެ ކަމަށްވެސް އެޗްޑީސީން މައުލޫމާތުދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ