- Advertisement -ad image

މާލޭގައި ހުރި ގަރާޖުތައް ހިންގުމަށް ހުޅުމާލެއިން ބިން ދޭން ނިންމައިފި

ad image

ގުޅުންހުރި ލިޔުންތައް

މާލޭގައި އާންމުން ދިރިއުޅޭ ސަރަހައްދުގައި ހިންގަމުންދާ ގަރާޖުތައް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުމަށް ސަރުކާރާއި އެޗް.ޑީ.ސީއިން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން، ގަރާޖު ހިންގުމަށް ހުޅުމާލެއިން ބިން ދިނުމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން ނިންމައިފިއެވެ.
އެގޮތުން އެޗްޑީސީން މިއަދު ބުނީ މާލޭގައި މިހާރު ހިންގަމުންދާ ގަރާޖުތަކުގެ ތެރެއިން، 1000 އަކަފޫޓަށްވުރެ ކުޑަ ގަރާޖުތަކަށް ހުޅުމާލެއިން 1000 އަކަފޫޓޫ އަދި 1000 އަކަފޫޓަށްވުރެ ބޮޑެތި ގަރާޖުތަކަށް 1300 އަކަފޫޓުގެ ބިން ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން، ހުޅުމާލެއިން ދޫކުރާ ބިންތަކުގައި އަޅާ ގަރާޖުތައް 2 ފަންގި ފިލާއަށް އިމާރާތްކުރެވޭނެގޮތަށް ވެސްވަނީ ނިންމާފައެވެ.
މިހާރު މާލޭގައި ހިންގަމުންދާ ގަރާޖުތަކަކީ ކުޑަތަންކޮޅެއްގައި އާންމު ރައްޔިތުންގެ ގެ ތަކުގައި ހިންގަމުންދާ ތަންތަން ކަމަށާއި މި ގަރާޖުތަކުގައި ވެލްޑިންގ ކުރުމާއި ޓިންކަރިންކުރުން ފަދަ ކަންކަން ކުރާއިރު މިއީ އެންމެ ރައްކާތެރި ގޮތް ނޫން ކަމަަށް އެޗްޑީސީން ހާމަކުރެއެވެ.
އަދި ތަފާތު ކެމިކަލްތަށް ބޭނުންކުރުމުން ނުރައްކާތެރި ހާދިސާތަށް ހިގުން މެދުވެރިވާއިރު އާންމުން ދިރިއުޅޭ ތަންތަނުގައި މިފަދަ ކަންކަންކުރުމަކީ ނުރައްކާތެރިކަމަކަށް ވުމުން ހުޅުމާލެއިން ގަރާޖުތައް ހިންގަން ބިން ދޫކުރުން ވެގެންދާނީ މިކަމަށް ލިބިގެންދާނެ ބޮޑު ހައްލެއްކަމުގައި އެ ކޯޕަރޭޝަނުން ގަބޫލު ކުރާ ކަމަށްވެސް ބުނެފައިވެއެވެ.
މި ނިންމުމަކީ މާލޭގައި ދިމާވާ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، އެ ކޯޕަރޭޝަނާއި ސަރުކާރާއި ގުޅިގެން ނިންމި ނިންމުމެއް ކަމަށް ވެސް ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ