- Advertisement -ad image

50 ރުފިޔާގެ އައު ނޫޓު ދައުރު ކުރަން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް


މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު އެމްއެމްއޭއިން ތައާރަފުކޮށްފައިވާ 50 ރުފިޔާގެ ނޫޓު ދައުރުވާ ފައިސާގެ ތެރެއަށް ނެރެ ދައުރު ކުރަން ފަށައިފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފައިވަނީ އަލަށް ޗާޕުކޮށްގެން ނެރޭ 50 ރުފިޔާގެ ނޫޓުގެ ދެފުށުގައި، ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެ ކަމަށެވެ.
އަދި މިގޮތުން ދިވެހި ރުފިޔާ ނިޝާން ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ މޫނުމަތީ އަގާއެކު ކަމަށެވެ.
މިނޫޓުގައި ސޮއިކުރައްވާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް ކަމަށާއި އަދި މި ނޫޓުގައިވާ ތާރީހަކީ 8 ސެޕްޓެންބަރު 2022 ކަމަށްވެސް އެމްއެމްއޭއިން ހާމަކުރެއެވެ.
އަލަށް ޗާފުކޮށްގެން ނެރޭ 50 ރުފިޔާގެ ނޫޓާއެކު މިހާރު ދައުރުވަމުންދާ 50 ރުފިޔާގެ ނޫޓުވެސް ދައުރުވަމުންދާނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. އަނެއްކާވެސް ރުފިޔާ ކޮންޓޭނަރެއް ކަޓުވައި އެލީ… ޕިސް ޕިސް މިޔޮއްގައުމެއް… ވައްކަމައި ކޮރޮޕްޝަން ނޫންކަމެ ނެތް..

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ