- Advertisement -ad image

މިފަހަރު ވެއްޓުނީ ބުރިޖު މަސައްކަތުގައި ބޭނުން ކުރަމުން ދިޔަ ކެރޭނެއް!

ad image

ގުޅުންހުރި ލިޔުންތައް


މާލެ އާއި ވިލިމާލެ ގުޅުވާލުމަށް ހަދާ ބުރިޖުގެ މަސައްކަތުގައި ގެންގުޅުނު ކެރޭނެއް ވެއްޓި ގިނަ ބައެއްގެ ފާޑުކިޔުން މި ޕްރޮޖެކްޓް ހިންގާ އެފްކޮންސް އަަށް އަމާޒުވެއްޖެއެވެ.
މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ހައުސިން އެންޑް ޕްލޭނިންގ އިން ބައެއް މީޑިއަތަކަށް މައުލޫމާތުދެމުން ބުނެފައިވަނީ ކެރޭނު މިއަދު ވެއްޓުނީ ބުރިޖުގެ ތަނބެއް ޖަހަން މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. ޕްލޭނިން މިނިސްޓްރީގެ އޮފިޝަލު ވިދާޅުވީ، ކެރޭނުގެ ބޮޑުވައި ވެއްޓިފައިވަނީ ކެރޭނު ބަހައްޓާފައި ހުރި ޕްލެޓްފޯމްގެ ތެރެއަށް ކަމަށެވެ.

ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރަމުންދިޔަ ޕްލެޓްފޯމް ފަރަށް އަރާ ގިނަ ފާޑިކިޔުންތަކެއް ވަނީ މީގެ ކުރިންވެސް މި ޕްރޮޖެކްޓަށް އަމާޒުވެފައެވެ.
އެގޮތުން ތިމާވެށީގެ އެކި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ސިޔާސީ ގިނަ ބަޔަކުވެސް ވަނީ އެފްކޮންސް ކުންފުނިން މިމަސައްކަތް ކުރިއަށް ގެންދާ ގޮތަށް ފާޑުކިޔާ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ބުރިޖު ޕްލެޓްފޯމް އެފްކޮންސް އިން ފުންކުރީ ފަރަށް އެރިތާ 12 ދުވަސް ފަހުންނެވެ.

މިނިސްޓްރީގެ އޮފިޝަލު ވިދާޅުވީ މިމައްސަލަތައް މިގޮތަށް ދިމާވި ނަމަވެސް ރޭވިފައިވާގޮތަށް ބުރިޖުގެ ކަންކަން ކުރިއަށްދާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ