- Advertisement -ad image

މާފުށީ ޖަލު ބަލާ ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް


ލިބިފައިވާ މައުލޫތުތަކާއި ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ގުޅިގެން މާފުށި ޖަލު ބަލާ ފާސްކުރުމުގެ އޮޕަރޭޝަންއެށް ފަށާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސަސް އިން ހާމަކޮށްފިއެވެ.
އެ ސާރވިސް އިން ރޭ ދަންވަރު ކުރި ޓުވީޓެއްގައި ބުނީ މިއީ ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމަށް ލިބިފައިވާ މައުލޫތުތަކާއި ގުޅިގެން ފެށި އޮޕަރޭޝަނެއް ކަމަށެވެ.
މިކަމާ ގުޅިގެން ފުލުހުން ކުރި ޓުވީޓެއްގައި ބުނީ ކ.މާފުށީ ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމަށް ލިބިފައިވާ މައުލޫތުތަކާ ގުޅިގެން މާފުށި ޖަލު ބަލައި ފާސްކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަން ސަރވިސް އިން ދިވެހި ފުލުހުންގެ ހިދުމަތުގައި އެދިފައިވާތީ މުއައްސަސާތައް ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ