- Advertisement -ad image

ހުޅުމާލޭގައި ހެދިކާ އަދި ތައްޔާރީ ލުއި ކާނާ ވިއްކުމަށް އަރބަން ކިއޮސްކް އަދި އަރބަން ޝެކް ދޫކުރަނީ

ad image

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށްގެން ހެދިކާ ވިއްކުމުގެ ބޭނުމަށް ފަރުމާކުރެވިފައިވާ 4 “އަރބަން ޝެކް” ކުއްޔަށް ދޫކުރުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލައިފިއެވެ.
މި “އަރބަން ޝެކް”ތައް ކުއްޔަށް ދޫކުރުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ރައްވެހިންނާއި، ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކަށާއި އަރބަން ޝެކް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 2 އަހަރު ދުވަހަށް ކަމަށް އެޗްޑީސީން ހާމަކުރެއެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ މި ތަނަށް މަހު ކުލީގެ ގޮތުގައި 1500 ރުފިޔާ އަދި ލީސް ޑިޕޮސިޓްގެ ގޮތުގައި 1500 ރުފިޔާ ދައްކަންޖެހޭނެ ކަމަށެވެ.
ާއަރބަން ޝެކް ކުއްޔަށް ލިބޭ ފަރާތްތައް ހޮވާނީ ކުއްޔަށް ނެގުމަށް އެދި ފޯމު ހުށަހަޅާފައިވާ ގްރޫޕްތަކުގެ މެދުގައި ނެގޭ ގުރުއަތުލުމަކުންނެވެ.
އަދި އަރބަން ޝެކް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 7 ދުވަސްތެރޭގައި ހިދުމަތްދޭން ފަށަންޖެހެއެވެ. އަދި މި މުއްދަތު ތެރޭގައި ހިދުމަތްދޭން ނުފަށާފިނަމަ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން އެއްވެސް ބަދަލަކާއި ނުލައި ބާތިލުކުރެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މީގެ އިތުރުން ހުޅުމާލޭ ނެއިބަރހުޑް 6 ކުން ލުއިކާނާ އަދި ބުއިންތައް ވިޔަފާރި އުސޫލުން ވިއްކުމަށް އަރބަން ކިއޮސްކް ކުއްޔަށް ދޫކުރުމަށް އެޗްޑީސީން ވަނީ ހުޅުވާލާފައެވެ.
މިއީ ހުޅުމާލެގައި ދިރިއުޅޭ ފަރުދުންނާއި އަދި އެންމެ ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ތައްޔާރީ ކާބޯތަކެތީގެ ވިޔަފާރިއަށް ފަރުމާކުރެވިފައިވާ ޖުމްލަ 4 އަރބަން ކިއޮސްކެކެވެ.
މި ކިއޮސްކްތަކުގައި ފެން އަދި ކަރަންޓުގެ ހިދުމަތް ބޭނުންކުރެވޭނެ މަގު އެ ކޯޕަރޭޝަނުން ވަނީ ފަހިކޮށްދީފައެވެ.
އަދި ކިއޮސްކް ހިންގާ ފަރާތްތަކުން ބޭނުންވެއްޖެ ހިނދެއްގައި ކަރަންޓާއި ފެން ބޭނުންކުރެވެއެވެ. އެހެންނަމަވެސް މި ހިދުމަތްތައް ގުޅުމާއި ހިދުމަތުގެ އަގު ކުއްޔަށް ހިފާ ފަރާތުން އަދާކުރަންޖެހެއެވެ. މި ކިއޮސްކްތަކުގައި ތައްޔާރީ ކާތަކެތި، ލުއިކާނާ، ލުއިބުއިން އަދި ޓޭކްއަވޭ ހިދުމަތް ދެވޭނެއެވެ. އަރބަން ކިއޮސްކް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 2 އަހަރު ދުވަހަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ