- Advertisement -ad image

ފައިވާނުގެ ދަށްފުށުގައި ފޮރުވައިގެން ޖަލަށް ވައްދަން އުޅުނު ތަކެތި އަތުލައިގެންފި

ad image

ގުޅުންހުރި ލިޔުންތައް

ފައިވާނުގެ ދަށްފުށުގައި ފޮރުވައިގެން ޖަލަށް ވައްދަން އުޅުނު ތަކެތި އަތުލައިގެންފިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބަންދުމީހަކު ކޯޓު އަޑުއެހުމަށް ގެންދިއުމަށްފަހު އަނބުރާ ޖަލަށް ގެނައިއިރު، އޭނާ ބައްދަލުކުރި މީހަކާ ވަނީ ފައިވާން ބަދަލުކޮށްފައި ކަމަށެވެ.
އަދި އެ ފައިވާނުގެ ދަށްފުށް ކަފާލާ ފޯނާއި، ސިމްކާޑުގެ އިތުރުން ޗާޖަރެއް ރަށްކާކޮށް ޖަލަށް ވައްދަން މަސައްކަތްކުރަނިކޮށް ވަނީ އަތުލާގަނެވިފައި ކަމަށްވެސް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.

ލިބިފައިވާ މައުލޫތުތަކާއި ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ގުޅިގެން މާފުށީ ޖަލު ބަލާ ފާސްކުރުމުގެ އޮޕަރޭޝަންއެއް މިމަހުގެ ހަތްވަނަ ދުވަހުވެސް ވަނީ ކުރިއަަށް ގެންގޮސްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ