- Advertisement -ad image

ރިއާސީ އިންތިހާބު 2023: މުވައްޒަފުން ހޯދަން އީސީން އިއުލާންކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ރިއާސީ އިންތިހާބު 2023 އާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދަން އިއުލާންކޮށްފިއެވެ.
އެގޮތުން އިލެކްޝަނުން ވަނީ ކޮންޓްރެކްޓް އުސޫލުން 11 މުވައްޒަފުން ހޯދަން އިއުލާންކޮށްފައެވެ.
އޮފިސަރ ޖީއެސް 3
އަސާސީ މުސާރަ: 4465 ރުފިޔާ
ސާރވިސް އެލަވަންސް: 1500 ރުފިޔާ
ދުވަހު އެލަވަންސް: މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 155 ރުފިޔާ

ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދޭނެ ކަމަށްވެސް އީސީން ބުނެއެވެ.
މުއްދަތު ކަމަށް އީސީގެ އިއުލާނުގައި ބުނެފައިވަނީ ރިއާސީ އިންތިހާބުގެ ހުރިހާ މަސައްކަތެއް ނިމެންދެނެވެ. މި ވަޒީފާގެ މަސްއޫލިއްޔަތަކީ ރިއާސީ އިންތިހާބު 2023 އާއި ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމެވެ.

މިމަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 25 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން އިލެކްޝަނަށް ފޯމް ހުށަހަޅަންޖެހެއެވެ.
ރިޔާސީ އިންތިހާގެ ވޯޓުލުން އާއްމުކޮށް ބާއްވަމުން އަންނަނީ ސެޕްޓެމްބަރު މަހުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ