- Advertisement -ad image

ސްކޫލްގެ ހުރިހާ ކަމެއް ބޮއްސުންލާފައިވާތީ ގާޒީ ސްކޫލްގެ ޓީޗަރުން އިހުތިޖާޖު ކުރަނީ!

ad image

ގުޅުންހުރި ލިޔުންތައް

ސްކޫލްގެ ހުރިހާ ކަމެއް ބޮއްސުންލާ އެއްވެސް ކަމަކަށް ހައްލު ލިބެމުންނުދާތީ ގާޒީ ސްކޫލްގެ ޓީޗަރުން އިހުތިޖާޖު ކުރަން ފަށައިފިއެވެ.
މި ނޫހާ ވާހަކަ ދެއްކި ގާޒީ ސުކޫލްގެ ޓީޗަރުން ވިދާޅުވީ، ބަޖެޓް ނެތް ކަމަށް ބުނެ ސްކޫލްގައި އެއްވެސް ކަމެއް މިހާރު ނުކުރާ ކަމަށެވެ.
“ ކްލާސް ރޫމްތަކުގެ ފަންކާތައް ވެއްޓިއްޖެ. ލައިޓްތައް ހުރީ އަނދާފައި. ކާޓްރިޖް ނެތިގެން އެއްޗެއް ޕްރިންޓެއް ނުކުރެވޭ. ހުރިހާ ގެއްލުމެއް ދަރިވަރުންނަށް ލިބޭއިރުވެސް މެނޭމަންޓުން އެއްވެސް ފިޔަވަޅެއް ނާޅާ. ބުނަނީ ބަޖެޓެއް ނެތޭ” ޓީޗަރަކު ވިދާޅުވިއެވެ.

މި އިހުތިޖާޖުގައި އެ ސްކޫލްގެ 170 އެއްހާ މުވަށްޒަފުން ދަނީ ބައިވެރިވަމުންނެވެ.
އިހުތިޖާޖުގެ ބައިވެރިން ބުނީ ސްކޫލްގައި ދަނީ ފާޅުގައި ކޮރަޕްޝަން ހިންގަމުން ކަމަށެވެ. އެގޮތުން ބެލެނިވެރިން ސްކޫލަށް ހަދިޔާކުރި ތިން ޓީވީ ވީތަނެއް ނޭންގޭ ކަމަށާއި ސްކޫލްގެ ޓާރފްދަނޑު ކުއްޔަށްދީގެން ލިބޭ ފައިސާއަށްވާ ގޮތެއްވެސް ނޭންގޭ ކަމަށެވެ.

އަދި ސްކޫލްގެ އެޑްމިނިސްޓްރޭޓަރު ފޯޖްކޮށްގެން މެޑިކަލް ސެޓިފިކެޓް ހެދިކަން އެނގޭއިރުވެސް އެޑިއުކޭޝަން މިނިސްޓްރީންވެސް އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް ޓީޗަރުން ބުނެއެވެ.
ޝަކުވާ ކުރުމުންވެސް އެއްވެސް ކަމަކަށް ހައްލެއް ނުލިބި ގެއްލުންވަމުންދަނީ ދަރިވަރުންނަށް ކަމަށް ޓީޗަރުން ފާހަގަކުރިއެވެ.
ގާޒީ ސްކޫލްގައި 1950 ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ