- Advertisement -ad image

މައްސަލައަކަށްވީ މުވައްޒަފުން އިހްތިޖާޖްކުރުން، މިނިސްޓްރީން މައްސަލަ ބަލަނީ

ad image

ގުޅުންހުރި ލިޔުންތައް

ޢާޒީ ސްކޫލްގެ އިސް ފަރާތްތަކުން ކޮރަޕްޝަން ހިންގާ ކަމަށް ބުނެ ގާޒީ ސްކޫލްގެ ޓީޒަރުން މިއަދު ކުރި އިހުތިޖާޖް އެޑިއުކޭޝަން މިނިސްޓްރީން ބަލަން ފަށާފައިވާކަމަށް ބުނެފި އެވެ.

މުޒާހަރާއާ ގުޅިގެން އެ މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ ޢާޒީ ސްކޫލުން މާލިއްޔަތު ގަވައިދާއި ހިލާފަށް ކަންކަން ކޮށްފައިވާތީ މިނިސްޓްރީން އޮޑިޓެއް ހަދައިފައިވާ ކަމަށެވެ. އެޑިއުކޭޝަނުން މި މައްސަލަ ބަލަން ފަށާފައި މިވަނީ ސްކޫލްގެ ބައެއް މުވައްޒަފުންގެ މެދުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާ ކަމުގެ ތުހުމަތު ކުރުމުންނެވެ. ކޮރަޕްޝަންގެ ތުހުމަތުކުރީ އެ ސްކޫލްގެ އެޑްމިނިސްޓްރޭޓަރަކަށް ކުރިން އުޅުނު މީހެއްގެ މައްޗަށެވެ.

މިއަދު 200 އެއްހާ ޓީޗަރުން މަސައްކަތް ކުރާ ގާޒީ ސްކޫލްގައި 11:30 އިން 12އާ ދެމެދު 30 މިނެޓުގެ ހިމޭން އިހުތިޖާޖެއް ކޮށްފައިވަނީ އެ ސްކޫލްގެ ޓީޗަރުންނެވެ.

އެޑިއުކޭޝަނުން ބުނިގޮތުގައި އެ މައްސަލައިގެ ތަހުގީގު ނިމި ރިޕޯޓް ވެސް އެކުލަވާލާ މުވައްޒަފުންނއި މެދު އިސްލާހީ ފިޔަވަޅު އަޅަން ވަނީ ފަށާފަ އެވެ. އެހެން ނަމަވެސް އެއްވެސް މުވައްޒަފަކާއި މެދު އެޅި ފިޔަވަޅެއްް ބަޔާނުގައި ހާމައެއް ނުކުރެ އެވެ.

އޭގެ އިތުރުން އެ ރިޕޯޓް އެކުލަވާލި ފަހުން ހުށަހެޅި ގާޒީ ސްކޫލުގެ ދެ މުވައްޒަފަކު ޑޮކިއުމަންޓް ފޯޖުކުރި މައްސަލަވެސް ބަލަމުންދާ ކަމަށާއި އަދި ސްކޫލުގެ މުވައްޒަފަކު ސްކޫލަށް ލިބުނު ޓީވީއެއް ގެއަށް ގެންދިޔަ މައްސަލައެއް ވެސް ބަލަން ފަށައި ފުލުހުންނަށް ވެސް މައްސަލަ ހުށަހަޅާފައިވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އެޑިއުކޭޝަނުން ވަނީ ސްކޫލާއިނ މިނިސްޓްރީ ބަދުނާުވާގޮތަށް ހަބަރު ނުފެތުރުމަށް މީޑިޔާތަކާއި އެހެން ފަރާތްތަކަށް އިލްތިމާސްކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. މައްސަލައަކަށް ވާނެތާ، މިސަރުކާރު ކުރާ ހުރިހާ ވައްކަމެއް ނުފޮރުވަންޏާ، މިސަރުކާރުން ކުރާ ހުރިހަަ ކަމަކަށް ސަނާ ކިއައިގެން ނޫނީ އެއްވެސް މީހަކު ރަނގަޅެއްނުވާނެ ކިތަންމެ ބޮޑު ވައްކަނެއް ކުރިއަސް ފޮރުވައިގެން ތިބިއްޔާނޫނީ ރަނގަޅެއް ނުވާނެ.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ