- Advertisement -ad image

ލޭންޑް ޔޫސް ޕްލޭން ހުށަހެޅިތާ އެއް އަހަރު، އަދިވެސް ފާސްނުވޭ!

ad image

ގުޅުންހުރި ލިޔުންތައް

މާލެގެ ލޭންޑް ޔޫސް ޕްލޭން ކައުންސިލުން ސަރުކާރަށް ހުށަހަޅާފައި އޮންނަތާ އަހަރެއް ފާއިތުވިއިރުވެސް އެ ޕްލޭން ފާސްކޮށްދީފައު ނުވާތީ މޭޔަރު ޑރ މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މޭޔަރު މުއިއްޒު ކަންބޮޑުވުން ފާޅުކޮށްފައިވަނީ ސިތީ ކައުންސިލްގެ 80 ވަނަ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން މާލޭގެ ލޭންޑް ޔޫސް ޕްލޭން ފޮނުވީ 2021ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައިކަންވެސް މޭޔަރ މުއިއްޒު ފާހަގަ ކުރެއްވިއެވެ.

އެ ޕްލޭންއަކީ މާލެ ސިޓީގެ ރައްޔިތުންނާއި، ކަމުގެ މާހިރުންނާއި އަދި ސްޓޭކް ހޯލްޑަރުންގެ ޚިޔާލާއި އެކު ތައްޔާރު ކުރެވުނު ލޭންޑް ޔޫސް ޕްލޭނެއް ކަމަށާއި، ފާއިތުވި އެއް އަހަރު ތެރޭގައި ހަތަރު ފަހަރު އިސްލާހު ގެނެސް ފޮނުވުމުންވެސް އަދިވެސް ޕްލޭނިންގް މިނިސްޓްރީއިން މި ޕްލޭން ފާސްކޮށްދީފައި ނުވާކަން މޭޔަރ ފާހަގަކުރެއްވިއެވެ.

އެގޮތުން ޕްލޭނިންގ މިނިސްޓްރީން އެދުނު ބަދަލުތައް ގެނައުމުގެ ސަބަބުން ރައްޔިތުންގެ ހިޔާލާއިއެކު އެކުލަވާލި ލޭންޑް ޔޫސް ޕްލޭންގެ އަސްލު ގެއްލޭ ހިސާބަށް ގޮސްފައިވާ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

އަދި ކައުންސިލުން ކުރިއަށް ގެންދަން ބޭނުންވާ ބޮޑެތި މަޝްރޫޢުތައް މަޑުޖެހިފައިވަނީ މި ޕްލޭން ފާސްނުވެ އޮތުމުގެ ސަބަބުން ކަމުށްވެސް ވިދާޅުވި. ނަމަވެސް މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭން ވީހާވެސް އަވަހަކަށް ފާސްކޮށްދޭނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް މޭޔަރ މުއިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ