- Advertisement -ad image

ނޮވެމްބަރު މަހު އެކަނިވެސް ޖަލުތަކުން 12 ފޯނު އަތުލި

ad image

ގުޅުންހުރި ލިޔުންތައް


ނިމިގެންދިޔަ ނޮވެމްބަރު މަހު އެކަނިވެސް ޖަލުތަކުން 12 ފޯނު އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާރވިސަސް އިން އާއްމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ނޮވެމްބަރު މަހު ވަނީ މާފުށީ ޖަލުން ހަ ފޯނު އަދި އައްސޭރި ޖަލުން ހަ ފޯނު އަތުލައިފައެވެ.
އަދި މާފުށީ ޖަލުން 24 ސިމް ކާރޑު އަތުލިއިރު އައްސޭރި ޖަލުން އެއް ސިމް ކާރޑު އަތުލައިފާވެއެވެ.
މީގެ އިތުރުން ފޯނު ހެޑްސެޓާއި ޗާރޖަރުގެ އިތުރު އިތުރު ގިނަ އާލާތްތަކެއް ނޮވެމްބަރު މަހު ވަނީ ޖަލުންތަކުންނަގާފައެވެ.

މިދިޔަ މަހު ވަނީ 76 މީހުން ޖަލަށްލާފައެވެ. މީގެ ތެރެއިން 58 މީހަކަށް ހުކުމް އިއްވާފައިވާއިރު ހުކުމް އިއްވުމުގެ މަރުހަލާގައި 18 މީހުން އެބަތިއްބެވެ. ހުކުމް ކުރި 62.1 އިންސައްތަ މީހުންނަކީ މަސްތުވާތަކެއްޗާ ގުޅުންހުރި އެކި ކުށްތަކުގެ މީހުންނެވެ.
މިދިޔަމަހު ޖަލުން ދޫކޮށްލަަފައިވަނީ 41 މީހުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ