- Advertisement -ad image

ކަށުނަމާދު ޕޭޖު ހިންގުން ހުއްޓާލާކަށް ނާންގަން: ސިޓީ ކައުންސިލް

ad image

ގުޅުންހުރި ލިޔުންތައް

ކަށުނަމާދު ޕޭޖު ހިންގުން ހުއްޓާލަން ސިޓީ ކައުންސިލުން އެންގި ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފިއެވެ.
މާލެ ސިޓީކައުންސިލުން މިއަދު ބުނީ ކަށުނަމާދު ޕޭޖް ހިންގާ ފަރާތައް ޕޭޖް ހިންގުން މަނާކޮށް، އެކަން ހުއްޓާލުމަށް މާލެ ސިޓީ ކައުންސިލުން އެންގިކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫންކަމަށެވެ.
އަދި މާލެ ސިޓީ ކައުންސިލުގެ އެއްވެސް އޮފިޝަލަކު އެޕޭޖު ހިންގާ ފަރާތައް އެފަދަ ރަސްމީ އެއްވެސް އެންގުމެއް އަންގާފައި ނުވާނެ ކަމަށް އެ ކައުންސިލުން ހާމަކުރެއެވެ.
ދިވެހިންގެ ކަށުނަމާދު ގަޑިތައް އަންގައިދެމުން އަންނަ ފޭސްބުކް ޕޭޖާއި ވައިބާ ގުރޫޕު ހިންގާ އަޙްމަދު މުނައްވަރު، އޭނާގެ ފޭސްބުކް އެކައުންޓުގައި ބުނެފައިވާ ގޮތުން މާލޭ ސިޓީ ކައުންސިލުން އެ ޕޭޖު ހުއްޓާލުމަށް އެންގެވީ މިއަދު އެކައުންސިލްގައި ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ. އަޙްމަދު މުނައްވަރު ބުނެފައިވާ ގޮތުގައި ސިޓީ ކައުންސިލުން އަންގާފައިވަނީ އެއީ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެއްކަމަށާއި، އެކަމަކީ އަމިއްލަ ފަރުދަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ