- Advertisement -ad image

ރިޕޯޓް ފޮތް ދީ، ދަރިވަރުންނާއި ޓީޗަރުންނަށް ދެ ހަފުތާގެ ޗުއްޓީއެއް!

ad image

ގުޅުންހުރި ލިޔުންތައް

މިހިނގާ ދިރާސީ އަހަރުގެ ފުރަތަމަ ޓާރމުގެ ކިޔެވުން ނިމި ދަރިވަރުންނާއި ޓީޗަރުންނަށް ދެ ހަފުތާގެ ޗުއްޓީއެއް ލިބިއްޖެއެވެ.
އެގޮތުން ދެން ސްކޫލްތަކުގެ ކިޔެވުން ފަށާނީ އަންނަ ޖެނުއަރީ މަހުގެ 8 ގައެވެ. ހުކުރު އަދި ހޮނިހިރާއެކު މި ބަންދުގައި 16 ދުވަސްލިބެއެވެ.
މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށީ އޮގަސްޓްމަހުއެވެ. ޗުއްޓީ ފެށުނު އިރު އެންމެ ގިނަ ބައެއްގެ ކަންބޮޑުވުމަކަށް ވެފައިވަނީ މޫސުން ގޯސްވެފައިވުމެވެ. ރާއްޖެއަކީ ކަނޑުމަގުން ދަތުރުކުރަންޖެހޭ ބައި ބޮޑު ގައުމަކަށްވާއިރު މިދުވަސްވަރު ބައެއް ހިސާބުތަކަށް ކަނޑު ގަދަވެ ބޯކޮށްވާރޭވެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
މިދިޔަ ބޮޑު ޗުއްޓީގައި ޖުލައި މަހުވެސް މުޅި ރާއްޖެއަށް ވަރަށް ބޮޑަށް ވިއްސާރަކުރިއެވެ. ސްކޫލް ހުޅުވުނު އިތުވެސް ދަތުރު ނުކުރެވި އެތައް ބަޔަކު ތިބެން ޖެހުނެވެ.
މި ދިރާސީ އަހަރު ނިމޭނީ ޖޫން 22 ގައެވެ. އަދި ސްކޫލްތައް ދެން ހުޅުވޭނީ އޮގަސްޓް 6 ގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ