- Advertisement -ad image

އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އައު އިމާރާތުގެ ބިންގާ އަޅައިފި

ad image

ގުޅުންހުރި ލިޔުންތައް

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އައު އިމާރާތުގެ ބިންގާ މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު އަޅުއްވައިދެއްވައިފިއެވެ.

އަހުމަދިއްްޔާ ސްކޫލުގެ އައު އިމާރާތުގެ ބިންގާ އެޅުމަށް އެސްކޫލުގެ ކުރީގެ އޮފީސް އިމާރާތް ހުރި ބިމުގައި ވަނީ ހާއްސަ ރަސްމިއްޔަތެއް ބާއްވާފައެވެ.މި ރަސްމިއްޔާތުގައި މާލެ ސިޓީކައުންސިލުގެ ބައެއް ކައުންސިލަރުން ވަނީ ބައިވެރިވެފައެވެ.

މި ރަސްމިއްޔާތުގައި އެސްކޫލުގެ އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 10 ބުރީގެ އައު އިމާރާތުގެ  ބިންގާ އަޅުއްވާ ދެއްވާފައި ވަނީ މާލެސިޓީގެ މޭޔަރ ޑރ މުޢިއްޒު އާއި އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދުއެވެ.

އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަކީ މާލެ ސިޓީކައުންސިލުގެ ބެލުމުގެ ދަށުގައިވާ 3 ސްކޫލުގެ ތެރެއިން 1 ސްކޫލެވެ. އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އިތުރުން ގަލޮޅު ސްކޫލާއި މާފަންނު މަދަރުސާ އަކީ މާލެ ސިޓީކައުންސިލުގެ ބެލުމުގެދަށުގައިވާ ސްކޫލްތަކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ