Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

އާރަށު މައްސަލައިގެ ހުކުމް ކުރުން އާދިއްތަ ދުވަހަށް ތާވަލްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ޕީޕީއެމްގެ ރިޔާސީ ކެންޑީޑޭޓު ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން ދަޢުވާކުރާ ވ.އާރަށުގެ މައްސަލައިގައި ޙުކުމްކުރުން އަންނަ އާދިއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.

އާރަށު މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ދެދަޢުވާއެއް އުފުލާފައިވެއެވެ. އެއީ މަނީ ލޯންޑަރިންގ އަދި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލައިގައި ދެން ދަޢުވާ އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނަޢީމްގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލައިގެ ޚުލާސާ ބަޔާން އިއްވައި އަޑުއެހުންތައް ނިންމައިލީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.

އެ ދުވަހު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަޙްމަދު ޝަކީލް ވިދާޅުވީ ޖިނާއީ އިޖުރާޢަތުގެ ގަވާއިދުގެ ދަށުން ޙުކުމްކުރަން އޮންނަ މުއްދަތުގައި ޙުކުމް ކުރައްވާނެ ކަމަށެވެ. ޚުލާސާ ބަޔާން އިއްވަވާތާ 30 ދުވަހުގެތެރޭގައި ޙުކުމްކުރަން ޖިނާއީ އިޖުރާޢަތުގެ ގަވާއިދުގައި ބަޔާން ކޮށްފައިވެއެވެ.

ޙުކުމް ކުރުމަށް ބާއްވާ އަޑުއެހުން އަންނަ އާދިއްތަ ދުވަހު ހެނދުނު 09:00 އަށް ކްރިމިނަލް ކޯޓުން ވަނީ ތާވަލުކޮށްފައެވެ.

އެ މައްސަލާގައި ދައުލަތުން ބުނެފައިވަނީ ރައީސް ޔާމީނުގެ އެކައުންޓަށް ޔޫސުފު ނައީމުގެ އެކައުންޓުން ޖަމާކުރި ފައިސާއަކީ ވ.އާރަށް އޭނާއަށް ދިނުމުގެ ބަދަލެއްގެ ގޮތުގައި ދިން ފައިސާ ކަމަށެވެ. ރައީސް ޔާމީނުގެ ވަކީލުން އަދި ޔޫސުފް ނައީމުގެ ފަރާތުންވެސް ބުނެފައިވަނީ އެއީ ރައީސް ޔާމީނާއި ޔޫސުފް ނައީމާ ދެމެދުގައި ކުރި ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތެއްގެ ތެރެއިން ޔޫސުފް ނައީމު ޖަމާކުރި ފައިސާ ކަމަށެވެ.

ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުން ވިދާޅުވެފައިވަނީ ދައުލަތުގެ ހަމައެކަނި ހެއްކަކީ ކުރީގެ ނައިބުރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓާ ޢަބްދުﷲ ޒިޔަތު ދެއްވި ހެކިބަސް ކަމަށެވެ. އަދި އެ ބޭފުޅުންގެ ހެކިބަހަކީ އެއަށް ބާރުދޭ އިތުރު ހެއްކާއި ޤަރީނާ ނެތި ބަލައިނުގަނެވޭނެ ހެކިބަސްކަމަށް ނިންމާފައިވާކަން ވަކީލުން ފާހަގަކުރެއްވިއެވެ.

އަދި އަދީބާއި ޒިޔަތުގެ ހެކިބަހަށް ބުރަދަން ދިނުމަށް ދައުލަތުން ކޯޓުގައި ދައްކާފައިވާ ހުރިހާ ވާހަކައަކީ ހީތަކެއްގެ މައްޗަށް ދައްކާފައިވާ ވާހަކަތަކެއްކަމަށާއި، ދައުލަތުން ހުށަހަޅާފައިވާ ހެއްކަކީ މައްސަލައިގެ ހަގީގީ ވާގިއާކަމަށްވާ އާރަށް ކުއްޔަށް ދިނުމަށް ރައީސް ޔާމީން ނުފޫޒު ފޯރުވިކަމަށް ބުނާ ބުނުމާ އެއްވެސް ގުޅުމެއް ހުރި ހެކިތަކެއް ނޫންކަމަށްވެސް ދިފާއީ ވަކީލުން ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ