- Advertisement -ad image

ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމުގެ ހުއްދަ ނުލިބޭތީ މާލެ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ލާމަރުކަޒީ ޤާނޫނުގެ ދަށުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމުގެ ހުއްދަ އަށް އެދި އެއް އަހަރުވެފައިވާއިރުވެސް އެ ހުއްދަ ދީފައިނުވާތީ މާލެ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 81 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ލާމަރުކަޒީ ޤާނޫނުގައިވާ ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމަށް ފުރިހަމަ ކުރަންޖެހޭ ހުރިހާ ޢިޖުރާއަތްތަކެއް ފުރިހަމަ ކުރި ފުރަތަމަ ކައުންސިލަކީ މާލެ ސިޓީ ކައުންސިލް ކަމަށާއި އެހެންނަމަވެސް ޓްރޭޑް މިނިސްޓްރީން މާލެ ސިޓީ ކައުންސިލަށް ހުއްދަ ދީފައި ނުވާކަމަށެވެ.

މޭޔަރ މުއިއްޒުގެ ވާހަކައިގައި މާލެ ސިޓި ކައުންސިލުން ކުންފުނި އުފެއްދުމަށް ހުށަހަޅައިފައިވަނީ އޭރު އޮތް ގަވާއިދައި އެއްގޮތަށްކަމަށް ވިދާޅުވެ ކައުންސިލުން ކުންފުނި އުފެއްދުމަށް ހުޅުވިތާ 8 މަސް ދުވަހުގެ ތެރޭގައި ސަރުކާރުން ގަވާއިދު ބަދަލު ކުރިކަމަށް ހާމަކުރިއެވެ.

މާލެ ސިޓީ ކައުންސިލުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމުގެ ހުއްދައަށް އެދި އެއް އަހަރު ވީ އިރު ލޭންޑް ޔޫސް ޕްލޭންވެސް އޮތީ އެއް އަހަރު ވީ އިރުވެސް ފާސް ނުކުރެވިކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ