- Advertisement -ad image

އިންޑިއާއަށް ދާ މީހުން ކޮވިޑް ޓެސްޓް ހަދަން މަޖުބޫރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ޗައިނާގައި ހަލުވިކަމާއެކު ކޮވިޑްގެ އައު ވޭރިއަންޓެއް ފެތުރެން ފަށާފައިވާތީ އިންޑިއާއަށް ދާ މީހުން ކޮވިޑް19 އަށް ޓެސްޓް ކުރަން އެގައުމުގެ ހެލްތް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އެގޮތުން އިންޑިއާގެ ހެލްތް މިނިސްޓްރީން ނެރެފައިވާ ގައިޑްލައިންގައި ބުނެފައިވަނީ 24 ޑިސެމްބަރުން ފެށިގެން އެގައުމަށް އެތެރެވާ މީހުން ރެންޑަމްކޮށް ކޮވިޑަށް ޓެސްޓުކުރުން އެއަރޕޯޓްތަކުގައި ކުރިއަށްދާނެ ކަމަށެވެ. ނަމަވެސް 12 އަހަރުން ދަށުގެ ކުދިން ޓެސްޓު ނުކުރާނެ ކަމަށް ބުނެފައިވެއެވެ.
މީގެއިތުރުންވެސް ކޮވިޑް ޓެސްޓްގެ އިތުރަށް އެގައުމަށް އެތެރެވާ މީހުންނަކީ ބަލިން ރައްކާތެރިވުމަށް ކޮވިޑް19 ދިފާއު ވެކްސިން ޖަހައިގެން ތިބި މީހުންތޯ ބަލާނެއެވެ.
ގައިޑްލައިނުގައިވާ ގޮތުން އިންޑިއާއަށް ދަތުރުކުރާ މީހުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކް އަޅައިގެން ތިބުކަމަށާއި ގައިދުރުކަން އިސްކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.


ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ