- Advertisement -ad image

އައްބާސް އާދިލް ރިޒާ ހައްޔަރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


އިންޑިއާ އެމްބަސީގައި ހުޅުޖަހަން ހިތްވަރުދޭފަދަ މޭރުމަކުން ވާހަކަދައްކާފައިވާތީ އައްބާސް އާދިލް ރިޒާ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކުރަމުންދާ މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އައްބާސް އާދިލް ރިޒާ ވަނީ ހައްޔަރުކޮށްފައި ކަމަށެވެ.

މައުލޫމާތުލިބިފައިވާ ގޮތުގައި އައްބާސް މިއަދު ހެނދުނު ހައްޔަރުކޮށްފައިވަނީ ކެފޭއެއްގައި ސައިބޯން އިންދައެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ސްޕެޝަލް އޮޕަރޭޝަން އެސްއޯ ފުލުހުންނެވެ.

އައްބާސް އާދިލްގެ ރިޒާ ހުކުރު ދުވަހު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ފެބްރުއަރީ 8 ގައި އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށްކަމަށެވެ. ނަމަވެސް އެކަމުގެ ބަދަލު ހިފިފައި ނުވާތީ އެކަން އިންޑިއާ އެމްބަސީން ފަށަން ފެންނަކަމަށެވެ. އަދި މި ޓްވީޓްގައި އޭނާ ވަނީ އޭރުގެ ފޮޓޯތައްވެސް ހިމަނާފައެވެ.

އައްބާސްގެ ބަންދަށް ފަސް ދުވަސް ވަނީ މިއަދު ކޯޓުންދީފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ