- Advertisement -ad image

ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

ad image

ގުޅުންހުރި ލިޔުންތައް

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް، ކަނޑައަޅާ 11 އަހަރު ދުވަހަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ރައީސް ޔާމީނުގެ މައްޗަށް ރިޝްވަތު ޤަބޫލުކުރުމުގެ މައްސަލާގައި 4 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު ގާޒީ ޝަކީލު މިގޮތަށް ނިންމެވިސަބަބެއްކަމަށް ބުނެފައިވަނީ ރައީސް ޔާމީން، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވުމުން އެ ކުށުގެ އަދަބު އެއް ދަރަޖަ އިތުރުކުރަންޖެހޭ ކަމަށެވެ.
އަދި މަނީ ލޯންޑަރިން މައްސަލާގައި ކުށް ސާބިތުވާކަމަށް ކަނޑައެޅުމާއެކު ޤާޟީ ނިންމާފައިވަނީ ރައީސް ޔާމީނުގެ މައްޗަށް 7 އަހަރުގެ ޖަލު ހުކުމެއް އިއްވާށެވެ. އެ ހުކުމް އިއްވާފައިވަނީ ކުށުގެ އަސާސީ އަދަބުން އެއް ދަރަޖަ މަތިކޮށްފައެވެ.

ޖަލު ހުކުމްތަކުގެ އިތުރަށް ރައީސް ޔާމީނުގެ މައްޗަށް ފަސް މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށް ހަ މަސްދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަންވެސް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ