- Advertisement -ad image

ކޮވިޑްގެ ލުއިތަކަށްފަހު ޗައިނާގެ ޓޫރިސްޓުންނަށް މަރުހަބާ ކިޔުމަށް ރާއްޖެ އިންތިޒާރުގައި!

ad image

ގުޅުންހުރި ލިޔުންތައް

ކޮވިޑް-19 ކޭސްތަށް އިތުރުވާ މިންވަރަށް ބަލައި ޗައިނާގެ ސަރުކާރުން އިތުރު ލުއިތަކެއް ދޭން ނިންމައިފި އެވެ.

ޗައިނާއިން ދޭން ނިންމި ލުއިތަކުގެ ތެރޭގައި އެހެން ޤައުމުތަކަށް ޗައިނާއަށް ދަތުރުކުރުން ވެސް ހިމެނެ އެވެ. ކޮވިޑްގެ ކޭސްތައް ގިނަވުމާއި ގުޅިގެން ކޮވިޑް ކޮންޓްރޯލް ކުރުމުގެ ގޮތުން ދަތުރުވެރިންނަށް އަޅާފައިވާ ފިޔަވަޅުތައް އަންނަ ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހުން ފެށިގެން ލުއިކުރާނެ ކަން ޗައިނާ ސަރުކާރުން މިހާރު ވަނީ އިއުލާނުކޮށްފައެވެ.

ޗައިނާއިން މި ހުއްދަ ދޭން ނިންމާފައިވަނީ ވޯކް ވިސާއާއި ސްޓަޑީވިސާގައި ދަތުރުކުރާ މީހުންނާއި އާއިލާގެ މެމްބަރުންނަށް ޒިޔާރަތްކުރާ ފަރާތްތަކަށެވެ. މި ފަރާތްތަކަށް ކަރަންޓީނާއި ނުލައި ދަތުރުކުރެވޭނެ އެވެ.

ޗައިނާއިން މި ލުއިދޭން ނިންމުމާއި ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ މަރުހަބާ ކިޔާފަ އެވެ. އަދި ކައިރި މުސްތަގުބަލެއްގައި ދެގައުމުގެ ދެމެދު ދަތުރުތައް ފަށަން ދިވެހިރާއްޖޭން އުއްމީދުކުރާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވާން ލިޖިން މިދިޔަ އަންގާރަދުވަހު ކުރި ޓްވީޓެއްގައި ވިދާޅުވީ ޗައިނާގެ ޓޫރިސްޓުން ގައުމުން ބޭރަށް ދަތުރުކުރުން ވަކި އުސޫލެއްގެ ދަށުން ވަަރަށް އަވަހަށް އަލުން ފެށޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ