- Advertisement -ad image

ސައްހަ ނޫން ލިޔުމެއް ހެދި ޖެންޑަރ މިނިސްޓްރީގެ މުވައްޒަފަކު ޖަލަށް ލާން ހުކުމްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލިޣައި މަސައްކަތްކުރި މުވައްޒަފަކު ސައްހަ ނޫން ލިޔުމެއް ތައްޔާރުކޮށް ބޭނުންކުރި މައްސަލަ ސާބިތުވެ ޖަލަށް ހުކުމްކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަލަށް ހުކުމްކޮށްފައިވަނީ ޖެންޑާ މިނިސްޓްރީގެ އެސިސްޓެންޓް ޕްރޮގްރާމަރުގެ ވަޒީފާގައި ހުރި މީހެކެވެ.

އޭނާ 2018ގައި ވަޒީފާ އަދާކުރަމުން ދިޔައިރު ވަނީ ސައްހަ ނޫން މަސައްކަތުގެ އެއްބަސްވުމެއް އުފައްދާފައެވެ. އަދި މިކަން އޭނާގެ މައްޗަށް ސާބިތުވެފައިވެއެވެ.

އޭގެ އިތުރުން އޮޅުވާލައިފައިވާ ލިއުމެއް ދައްކައިގެން ދެ މީހެއްގެ އަތުން 160،000 ރުފިޔާ ހޯދައިފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

އެ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރުކޮށްފަ އެވެ. އަދި ވަކީލަކާއެކު މައްސަލަ ކުރިއަށް ގެންދަން ބޭނުންވާ ކަމަށް އޭނާ ބުނެފައިވީ ނަމަވެސް ފަހުން ވަކީލަކު އައްޔަންކޮސްފައިނުވެއެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުކުރުމަށް ދައުލަތުން ވަނީ ގިނަ އަދަދެއްގެ މީހުންގެ ހެކި ބަހާއެކު 14 ހެއްކެއް ހުށަހަޅާފައި ވެއެވެ.

އެ މައްސަލަ ސާބިތުވުމުން އޭނޤ އެދިފައިވަނީ ގޭބަންދަކާއެކު ނޫނީ ޖޫރިމަނާއަކަށް ހުކުމް ބަދަލުކުރުމަށެވެ.

އެހެން ނަމަވެސް ކޯޓުން ނިންމީ އެ ކުށާ އަޅާ ބަލާއިރު ޖޫރިމަނާ ނުވަތަ ގޭބަންދަކަށް ހުކުމް ކުޑަކުރަން އެކަށީގެން ނުވާ ކަމަށެވެ.

އެހެންވެ އޭނާ އެއް އަހަރާއި ހަތް މަސް ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ