- Advertisement -ad image

ޗާލު މިސްކިތް ފަންޑަށް ފުރަތަމަ ދުވަހުވެސް ތިންލައްކަ އަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

ad image

ގުޅުންހުރި ލިޔުންތައް


މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ ޗާލު މިސްކިތް ފަންޑަށް ފުރަތަމަ ދުވަހުވެސް ތިންލައްކައަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.
މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މިސްކިތްތައް މަރާމާތު ކުރުމަށް ފައިސާ ހޯދުމަށް ހުކުރު ދުވަހު ބޭއްވި ހާއްސަ ހަރަކާތުން 313397 ރުފިޔާ ލިބިފައިވާ ކަމަށް އެ ކައުންސިލުން ހާމަކުރެއެވެ.

މިއީ މާލޭގައި ހުރި މިސްކިތްތައް އަންނަ ރަމަޞާން މަހަށް މަރާމާތު ކުރުމަށް ފަންޑް ހޯދުމަށް މާލެ ސިޓީ ކައުންސިލުން ރާވައިގެން ހުކުރު އަދި ހޮނިހިރުގައި ބާއްވާ ހަރަކާތްތަކެކެވެ.

މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތު ކުރަން ފަނޑް ހޯދުމަށް ޓެލެތޯންއެއް ބޭއްވުމަށް ނިންމީ މިސްކިތްތަކަކީ ސިޓީ ކައުންސިލުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށްވުމާއެކު، މިސްކިތްތައް ކައުންސިލާ އާ ސަރުކާރުން ހަވާލުކުރީ އެއްވެސް ބަޖެޓަކާ ނުލާ ކަމަށް ވުމުން ކަމަށް އެ ކައުންސިލުން ހާމަކުރެއެވެ.

މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެކެވެ. އެގޮތުން މިވަގުތު ސިޓީ ކައުންސިލުން މާލެއާއި ވިލިމާލޭގައި 34 މިސްކިތެއް ބަލަހައްޓަމުން ގެންދެ އެެވެ.

ޗާލު މިސްކިތް ފަންޑަށް ފައިސާ ފޮނުވާނީ:

Male City Council Account number 7730000467623

އަދި ސްލިޕް ވައިބަރ ކުރައްވާނީ 7265050

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ