- Advertisement -ad image

އަނެއްކާވެސް ތައިލެންޑަށް ދަތުރުކުރާނަމަ ހެލްތް އިންޝުއަރެންސް އަދި ކޮވިޑް ޓެސްޓް ހަދަން މަޖުބޫރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ބެންކޮކް – ތައިލެންޑަށް އެތެރެވާ ޓުއަރިސްޓުން ކޮވިޑް19 ވެކްސިންގެ ދެ ޑޯޒް ޖެހުމަށާއި ހެލްތް އިންޝުއަރެންސް އެއް އޮންނަން ޖެހޭގޮތަށް އަނެއްކާވެސް ބަދަލުކޮށްފިއެވެ.
ތައިލެންޑްގެ ހެލްތް މިނިސްޓަރާ ހަވާލާދީ ރިޕޯޓްތައް ބުނެފައިވާ ގޮތުން މި ބަދަލުތައް ގެންނާނެ ތާރީހެއް އަދި އިއުލާނު ނުކުރިއަސް ހަތަރު މިނިސްޓަރުން ހިމެނޭ ބައްދަލުވުމަކުން ބުރާސްފަތި ދުވަހު ވަނީ މިކަމަށް މަޝްވަރާކޮށްފައެވެ.
ކޮވިޑް19 އާއި ގުޅިގެން އެޅި ހަރުކަށި ފިޔަވަޅުތައް އުވާލާފައުވަނީ ޖުލައި 1 ކުން ފެށިގެންނެވެ.

ހެލްތް މިނިސްޓަރު ވިދާޅުވީ، މިފަދަ ނިންމުމެއް ނިންމަން ޖެހުނު މައިގަނޑު ސަބަބަކީ ޗައިނާގައި ހަލުވި ކަމާއެކު ކޮވިޑްގެ ވޭރިއަންޓްތައް ފެތުރެން ފަށާފައިވާތީ ޖެނުއަރީ 8 ވާ އާދިއްތަ ދުވަހުން ފެށިގެން ތައިލެންޑަށް ޗައިނާގެ ގިނަ ފަތުރުވެރިން ދަތުރުކުރުމަށް ޓިކެޓް ނަގާފައިވާތީއެވެ.

އެހެންކަމުން ޖުލައި މަހުން ފެށިގެން ތައިލެންޑަށް އެތެރެވާ ހުރިހާ ދަތުރުވެރިންނަށް ކޮވިޑް-19 އާ ގުޅިގެން ދިން ލުއިތައް ވަނީ މިހާރު ކެންސަލްކޮށްފައެވެ.
އެގޮތުން ވެކްސިންޖެހޭ އުމުރުގެ މީހުން މަދުވެގެން ވެކްސިންގެ ދެ ޑޯޒް ޖެހިކަމުގެ ލިޔުން ނުވަތަ މިދިޔަ ޖުލައި މަހުން ފެށިގެން ކޮވިޑުން ރަނގަޅުވެފައިވާ ކަމުގެ ހެއްކެއް ދައްކަން ޖެހޭނެއެވެ.

ތައިލެންޑުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ސައިޓުގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ވެކްސިން ނުޖަހާ މީހުންނަށް ވެކްސިން ނުލިބޭ ކަން އަންގައިދޭ މެޑިކަލް ރިޕޯޓެއް ބޭނުންވާނެ ކަމަށެވެ. މި އުސޫލަށް އަމަލުކުރަނީ މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ