- Advertisement -ad image

ނީލަންފިހާރައިގާ ރޯވެ ގެެއްލުންތަކެއް ލިބުނީ، އެތަން ބަދަލުކުރަން އެދިފައިވަނިކޮށް

ad image

ގުޅުންހުރި ލިޔުންތައް


މާލެ ސިޓީގައި ހުންނަ ނީލަން ފިހާރައިގާ ރޯވެ ބޮޑެތި ގެއްލުންތަކެއް މިއަދު ލިބުނު އިރު، އިންޑަސްޓްރިއަލް ޒޯނަށް އެތަން ބަދަލުކުރަން ވަނީ އެދިފައި ކަމަށް މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސިނާއީ ސަރަހައްދަށް ނީލަން ފިހާރަ ބަދަލުކުރުމުގެ ހުރިހާ ކަމެއް ވަނީ ނިމިފައި ކަމަށާއި ކަން ނުވެ އޮތީ ސަރުކާރުގެ އެއްބާރުލުމެއް ނުލިބުމުން ކަމަށް، ނީލަންފިހާރަ ސަރަހައްދުގައި ހުންނަވައިގެން މީޑިޔާއަށް މައުލޫމާތު ދެއްވަމުން މޭޔަރު މުއިއްޒު ވިދާޅުވިއެވެ.
“ ކޮންމެ ސިޓީއެއްގައިވެސް ސެކަންޑް ހޭންޑް މާކެޓެއް އޮންނަންވާނެ. އެކަމަކު އެކަން ކުރަން ޖެހެނީ މީހުން ތޮއްޖެހިފައި ހުންނަ ހިސާބުތަކުގައެއް ނޫން” މޭޔަރު ވިދާޅުވިއެވެ.
އަދި މި ހާދިސާ އާއި ގުޅިގެން އެންމެ ކަންބޮޑުވަނީ މަގުމަތީގެ މުނިސިޕަލް ބައެއް ހިދުމަތްތަކަށް މިއަދު ލޮޅުން އަރާނެތީ އެކަމާ ކަމަށާއި އުންމީދު ކުރަނީ މީގެ ސަބަބުން މި ލިބޭ ހީނަރުކަން މިއަދަށް އަންޑަސްޓޭންޑް ވާނެ ކަމަށް ކަން މުއިއްޒު ވިދާޅުވިއެވެ.
މިއަދުގެ އަލިފާނުގެ ހާދިސާގައި ނީލަންފިހާރަ އާއި އިންވެގެން ހުރި މާލެ ސިޓީގެ ބިދޭސީ މުވައްޒަފުން ބައިތިއްބާ އެކޮމޮޑޭޝަން ބްލޮކެއް ވަނީ އަނދާފައެވެ. މިކަމުގެ ސަބަބުން 200 އެއްހާ ބިދޭސީ މަސައްކަތްތެރިން ވަނީ މަގުމަތިވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ