- Advertisement -ad image

ސިޓީކައުންސިލްގެ ބިދޭސީ މުވައްޒަފުން ކޮވިޑް ވިލެޖަށް ބަދަލުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


މާލެ ސިޓީ ކައުންސިލްގެ 202 ބިދޭސީ މުވައްޒަފުން ކޮވިޑް ވިލެޖަށް ބަދަލުކޮށްފިއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނީ ބަދަލުކުރި މުވައްޒަފުންނަށް ބޭނުންވާ ކަންކަން އިންތިޒާމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މާލެ ސިޓީގެ މޭޔަރު ވިދާޅުވީ މާލެއިން މިވަގުތު އެހާ ގިނަ މުވައްޒަފުން ބައިތިއްބަން ވަގުތީ ހިޔާއެއް ނުލިބުމުން ހުޅުމާލެއަށް ބަދަލު ކުރަންޖެހުނީ ކަމަށެވެ. ނަމަވެސް އެ ކައުންސިލުން އާއްމު ރައްޔިތުންނަާށް ދެމުންދާ ހިދުމަތްތަކަށް ބުރޫނާރާނެ ގޮތްތައް ބަލާ ރާވަމުންދާ ކަމަށް މޭޔަރު ވިދާޅުވިއެވެ.


ހޯމަ ދުވަހުގެ ފަތިހު ނީލަން ފިހާރައިގައި ރޯވި އަލިފާނުގެ ޙާދިސާގައި 250 އެއްހާ ބިދޭސީން ދިރިއުޅެމުންދިޔަ އެކޮމޮޑޭޝަން ބްލޮކްތަކެއް ވަނީ އަނދާހުލިވެފައެވެ. މިޙާދިސާގައި އަނދާފައިވާ އެކޮމޮޑޭޝަން ބްލޮކްތަކުގައި މާލެ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުންގެ އިތުރުން ރެއިންބޯގެ ބިދޭސީ މުވައްޒަފުން ތިއްބެވެ.

އެކޮމޮޑޭޝަން ބްލޮކްގައި އަލިފާނުގެ ޙާދިސާ ހިނގިއިރު ތިބި ރެއިންބޯގެ 133 ބިދޭސީން އެކުންފުނީގެ އެހެނިހެން އެކޮމޮޑޭޝަން ބްލޮކްތަކަށްވަނީ ބަދަލުކޮށްފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާއިރު އަލިފާން ނިއްވާލާފައިވަނީ ދެ ގަޑިއެއްހާ އިރުތެރޭގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ