- Advertisement -ad image

ހައްޖު 2023: 65 އަހަރުވިއަސް ހައްޖަށް ދެވޭނެ، އަދި ވީހާވެސް ގިނަ ބަޔަކަށް ފުރުސަތުވެސް ދޭނެ

ad image

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ދޭން ނިންމާފައިވާ ކަމަށް ސައޫދީ ސަރުކާރުން ހާމަކޮށްފިއެވެ.
އެގޮތުން މިނިސްޓަރ އޮފް ހައްޖު އެންޑް އުމުރާ ތަވާފިގް އަލް ރާބިއާ ވިދާޅުވީ، 2023 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމަށް ފުރުސަތު ދޭނެ މީހުންގެ އަދަދެއް ކަނޑަނާޅާ ކަމަށާއި އަދި 65 އަހަރުން މަތީގެ މީހުންނަށްވެސް މިއަހަރު ހައްޖުގައި ބައިވެރިވެނޭނެ ކަމަށެވެ.
ކޮވިޑް 19 ޕެންޑަމިކް އާއި ގުޅިގެން ހައްޖު ކޯޓާ ލިމިޓްކޮށްފައި އޮންނަތާ މިހާރު 3 އަހަރު ވެއްޖެއެވެ. އަދި އުމުރުން 65 އަހަރުން މަތީގެ މީހުންނަށްވެސް 2020 ފެށިގެން ހައްޖުވުމުގެ ފުރުސަތު އޮތީ ގެއްލިފައެވެ.

ކުޅަދާނަކަން ލިބިގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް އުމުރުން އެއްފަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް އިސްލާމްދީން ބާރުއަޅައެވެ. މިއަހަރުގެ ހައްޖު ދުވަހަކީ ޖޫން މަހުގެ 28 އެވެ.
2019 ވަނަ އަހަރުގެ ކުރިން 2.5 މިލިއަން މުސްލިމުން ކޮންމެ ހައްޖު މޫސުމެއްގައި މައްކާއަށް ޒިޔާރަތް ކުރެއެވެ. އޮޖްޓޯބަރު 2022 އިން ފެށިގެން އަންހެނުންނަށް މަހުރަމަކާ ނުލާ ހައްޖުވެވޭނެ ގޮތަށްވެސް ވަނީ ހަދާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ