- Advertisement -ad image

ޑިސެމްބަރު މަހު 309 ކައިވެނި އަދި 94 ވަރި

ad image

ގުޅުންހުރި ލިޔުންތައް


ނިމުނު ޑިސެމްބަރު މަހު 309 ކައިވެނި ކޮށްފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އަދި 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފެމިލީ ކޯޓުން ވަނީ 94 ވަރިކޮށްދީފައެވެ.
އެކޯޓަށް މިދިޔަ ޑިސެމްބަރުމަހު ހުށައެޅި އާއިލީ މައްސަލަތަކުގެ އަދަދު 192 އަރައެވެ. އޭގެކުރިން ހުރި މައްސަލަތައްވެސް ހިމެނޭހެން މިދިޔަ މަހު ޖުމްލަ 158 މައްސަލައެއް ކޯޓުން ވަނީ ނިންމާފައެވެ.
އޭގެކުރިން ހުށައެޅިފައި ހުރި މައްސަލަތަކާއެކު މިދިޔަމަހު ވަރީގެ 120 މައްސަލައެއް ކޯޓުން ވަނީ ނިންމާފައެވެ.
ކޯޓުގެ ރެކޯޑްތައް ދައްކާގޮތުން މިދިޔަ މަހު އެކަނިވެސް 61 މީހަކު ވަރިވުމަށް އެދި ކޯޓަށް ހުށައެޅިއެވެ. އޭރުވެސް އޭގެ ކުރިން ވަރިވާން އެދި ހުށައެޅި 84 މީހެއްގެ މައްސަލަ ދިޔައީ ކޯޓްގައި ހިނގަމުންނެވެ. އަހަރު ނިންމާލިއިރު ވަރިއާމެދު އަދި ގޮތެއް ނިންމާ ނުދެވި 49 މައްސަލައެއް އެބައޮތެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ